އަނބިމީހާ އަންހެން ކުއްޖަކު ވިހެއުމުން، އޭނާގެ ފިރިމީހާ އެކަމާއި ހިތްހަމަނުޖެހި އަނބިމީހާގެ ގަޔަށް އެސިޑް ޖަހައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ފިރިމިހާ ހީކުރީ އެ ދެމަފިރިންނަށް ލިބޭނީ ފިރިހެން ދަރިޔަކު ކަމަށެވެ.
މި މަހުގެ އަށް ވަނަ ދުވަހު އުއްތަރްޕްރަދޭޝްގައި މި ހާދިސާ ހިނގިއިރު، އަނބިމީހާ ފަރާހްގެ ހަށިގަނޑުގެ 25 އިންސައްތަ ވަނީ އަނދާފައެވެ. ސިރާޖް ނަމަކަށް ކިޔާ ފިރިމީހާ ބޫލުކުރާގޮތުގައި، ފަރާހް އޭނާ ބޭނުންވާ އެއްވެސް ކަމެއްކޮށްވެސް ނުދެއެވެ.
ސިރާޖް ފަރާހް ގަޔަށް އެސިޑް ޖެހުމާއެކު ފަރާހް ވަނީ ދުވެފައި އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގޮސްފައެވެ. ފަރާހްގެ މޫނާއި ކަރު ހުރީ ވަރަށް ބޮޑަށް އަނދާފައެވެ.
މި ދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ އަށް އަހަރު ވެއްޖެއެވެ. އަދި ދެމީހުންގެ ދެ އަންހެން ދަރިންވެސް އެބަތިއްބެވެ.
ފުލުހުން މިހާރު ދަނީ އުމުރުން 32 އަހަރުގެ ސިރާޖް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޖިންސް ކަޑައެޅުމުގައި އަންހެންމީހާގެ އެއްވެސް ދައުރެއް ނޮއޮންނަކަން މިޒަމާނުގެ ޓެކްނޮލޮޖީން ސާބިތުވެފައިވާއިރުވެސް މުނާފިގުން ހާދަހާވާގިނައެވެ.
ބޮޑު ޑިމޮކްރަސީ އިންޑިޔާ!
އީންޑީޔާ ޕާކީސްތާނު މީހުންގެ ލޮޖީކު އެއީ.. ދެން މީވެރީން މައްސަލަޖައްސާނެ ދުނީޔޭގެ އެހެން ގައުމުތައް ކުރީއަރާތީ..
ޢިންޑިޔާގެ އާއްމުކަމެށްމީ ފެމެލީއައް އައްއަހެންކުއްޖެށް ލިބުމަކީމުޅިފެމެލީ
.މޫނު އަނެއްފަރާތަށްއަބުރާލާނެ
ސުލްހަވެރި ދީންގެ މިސާލެއް
މި ގޮތަށް ވިޔަސް، އަދި އެހެން ގޮތަކަށް ވިޔަސް އެސިޑު ޖެހުމަކަށް ސުލްޙަވެރި ބަޔަކު ނޫޅޭނެ.
އިސްލާމް ދީނަކީ ސުލްޙަ ވެރި ދީނެއް،
ރަނގަޅު ގޮތުގައި 3 އަންހެން ކުދިން ތަރބިޔަތު ކޮއްފިނަމަ އެފަދަ ބައްޕަޔަކަށް ސުވަރުގެ ލިބޭނެ ކަމަށް ވަނީ އަންގަވާފަ!
ދީނާ ޚިލާފަށް ބަޔަކު ކަމެއް ކުރީމާ އެކަން ކުރި މީހުުންނަށް އަދަބު ދިނުުގެ ބަދަލުގައި ދީނަށް ޖޯކު ޖެހުމަކީ ވަރަށް ދަށް ފެންވަރުގެ ކަމެއް.