ޓީޗަރަކު ދަރިވަރަކާއި އެކު ޖިންސީ ގުޅުން ހިންގަމުންދިޔަ މައްސަލައެއް ފެންމަތިވެ ބަލަން ފަށައިފިއެވެ.
ފްލޮރިޑާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަންހެން ޓީޗަރަކު އޭނާ ކިޔަވައިދެމުން ދިޔަ އުމުރުން 14 އަހަރުގެ ދަރިވަރަކާއި އެކު ޖިންސީ ގުޅުން ހިންގި މި މައްސަލަ ފެންމަތިވެފައިވަނީ، އެކުއްޖާގެ މައިންބަފައިންނަށް އެފަދަ ކަމެއް ޝައްކު ކުރެވިގެން އޮފިޝަލުންގެ ސަމާލުކަމަށް އެކަން ގެނައުމުންނެވެ.
މި މައްސަލައިގެ ތަހުޤީޤަށް އެނގިފައިވާގޮތުގައި، ސްޓެފަނީ ޕީޓަސަން ނަމަކަށްކިޔާ އެ އަންހެން މީހާ ވަނީ މިދިޔަ އަހަރުން ފެށިގެން އެކި ފަހަރުމަތިން އެ ދަރިވަރާއި އެކު ޖިންސީ ގުޅުން ހިންގާފައެވެ. އެގޮތުން އޭނާގެ ކާރުގެ ތެރޭގައި އާއި ދިރިއުޅޭ ގެއަށްގެންގޮސްގެން އެކުއްޖާއާއި އެކު ޖިންސީ ގުޅުން ހިންގިކަން ތަހުޤީޤަށް ވަނީ އެނގިގެންގޮސްފައެވެ.
މި ހާދިސާ ފެންމަތިވުމާއި ގުޅިގެން ސްޓެފަނީ އޭނާގެ ދަރިވަރަށް ކޮށްފައިވާ މެސެޖުތަކެއްވެސް އޮފިޝަލުން ހޯދާފައިވާއިރު، އޭނާއަށް ކުރެވުނު ކުށަށް މަޢާފަށް އެދި ހުރިހާ މެސެޖެއް "ޑިލީޓް"ކޮށްލުމަށް އެދިފައި ވެއެވެ. ނަމަވެސް އޭރު އެ މެސެޖުތައް ބަލަމުން ދިޔައީ ކުއްޖާގެ މަންމަ ކަމަށް ވެއެވެ.
ފުލުހުންގެ ތަހުޤީޤަށް ސްޓެފަނީ ހާޒިރުކުރުމުން އެންމެ ފުރަތަމަ އޭނާ ވަނީ އޭނާއަށް ކުރެވުނު ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެހެން ނަމަވެސް އެކަމަށް ބާރު ލިބޭ ހެކިތައް ހާމަވާން ފެށުމުން އޭނާ ފަހުން ވަނީ އެކަމަށް އެއްބަސްވެފައެވެ. އަދި އެކުއްޖާއަށް އޭނާގެ އަމިއްލަ ބަރަހަނާ ފޮޓޯތައްވެސް އެކި ފަހަރުމަތިން ފޮނުވާފައިވާނެ ކަމަށް ސްޓެފަނީ ވަނީ ބުނެފައެވެ. އަދި އެކަން ކުރީ އެކުއްޖާދެކެ އޭނާއަށް ބޭއިޚްތިޔާރުގައި ލޯބި ވެވުމުން ކަމަށް ސްޓެފަނީ ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އޮފިޝަލުން ވަނީ ސްޓެފަނީގެ މައްޗަށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ކޮށްފައެވެ. އޭނާގެ މައްޗަށް ޖުމްލަ ދެ ދަޢުވާއެއް ކޮށްފައިވާއިރު، އެ ދެ ދަޢުވާ ސާބިތުވެއްޖެނަމަ ފަސް އަހަރާއި ދިހަ އަހަރާއި ދެމެދުގެ މުއްދަތަކަށް އޭނާ ޖަލަށް ދާން ޖެހޭނެ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.
އިނގިރޭސިވިލާތުގައި މީގެ ކުރިންވެސް ޓީޗަރުން ދަރިވަރުންނާއި އެކު ބަދުއަހުލާޤީ ޢަމަލު ހިންގާ މައްސަލަ ވަރަށް ގިނައިން ފެންމަތިވެއެވެ.
އަންހެން ކުއްޖެއްތަ ފިރިހެންކުއްތަ؟؟؟
ތިހާ ރީތި މިސްއަކާއެއްކޮށް އެގޮތަންއުޅެން ލިބިއްޖިއްޔާ މަ ހޭވައްލާ ތައްޔާރު.
އާނ ދޯ. އެކަމަކު މަންމައަށް ބަސްޓް ވެޖެއްޔާ ނޯންނާނެ ސަލާމަތް ވާނެގޮތެއް.??
ފްލޮރިޑާ އެއީ އިނގިރޭސިވިލާތްތަ
ޚޮބައިތަ ހަޒާރު
ތިޔަބައިމީހުނަށް ތިއީ މައްސަލައަކަށްވީ ކީއްވެތަ ؟ ނޫސްތަކަށް އެކަން އެރީމަތަ ؟ތިވަރުގެ އަންހެނަކު އަތުޖެހުނީމާ ތިޔަ ޤައުމުތަކުގެ ފިރިހެނުން މައތިރިވާނެތަ؟ 24 ގަޑިއިރެއްގެ ތެރޭގައި ތިކަހަލަ ކިތައް ޖިންސީގުޅުން ހިންގާކަން ދެނެވޮޑިގެން ވާނީ ހަމައެކަނި ﷲ ! ތިޔައީ އެމީހުނަށް މާބޮޑު ކަމެއްނޫން ! މުޅި އިންސާނީ ދަރިފަސްކޮޅު ހަލާކުވެގެން ދަނީ ތިޔަމީހުންގެ ސަބަބުން !