ކަތިނަޒަރުން ގިނަބައެއްގެ ހިތްތައް ދަމާގަތް ޕްރިޔަކާ ޕްރަކާޝް ބޮލީވުޑްގެ ފިލްމެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ހަބަރުތައް ބުނާގޮތުގައި، ޕްރިޔާ ފެނިގެންދާނީ ޕްރޮޑިއުސަރ ކަރަން ޖޯހަރްގެ ފިލްމަކުންނެވެ. އުމުރުން 18 އަަހަރުގެ މަލިޔަލަމް އެކްޓްރެސް ޕްރިޔާ ކުޅޭނެ ކަމަށް ބުނާ ބޮލީވުޑްގެ ފިލްމުން ޕްރިޔާއާއެކު ރަންވީރް ސިންގ، ރޯހިތް ޝީޓީ ފެނިގެންދާނެއެވެ.

"އެ ފިލްމްގެ އަންހެން ރޯލް އެހާބޮޑެއް ނުވާނެ. ޕްރިޔާވެގެންގޮސްފައި ވަނީ އެންމެ ރެއެއްްގެ ތެރޭގައި މުޅި އިންޓަނޭޓް ފަތަހަކޮށްލި ފަންނާނަކަށް. ބޮލީވުޑް ޕްރިޔާ ބޭނުންވޭ"، އިތުބާރު ކުރެވޭ ފަރާތަކުން މައުލޫމާތުދިންކަމަށް އިންޑިއާ ނޫސްތައް ބުނެފައި ވެއެވެ.

ޕްރިޔާ ފެނިގެން ދާނީ ސިމްބާ ނަމަކަށް ކިޔާ ފިލްމަކުންނެެވެ. ޕްރިޔާ މީގެ ކުރިން ބުނެފައިވާގޮތުގައި، އޭނާއަކީ ރަންވީރް ސިންގގެ ވަރަށް ބޮޑު ފޭނެކެވެ.

ޕްރިޔާ މަޝްހޫރުވެފައި ވަނީ އޭނާ ކުޅުނު މަލިޔަލަމް ފިލްމެއްގެ ލަވައެއްގެ ތަންކޮޅުން އޭނާގެ ލޮލަށް ހަދާލާ ގޮތަކުން އެންމެން އޭނާގެ ޖާދޫގައި ޖައްސައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕްރިޔާގެ ހާދަ އަވަހަކަށް ހޯމޯންސް އިތުރެވެއްޖެއޭ! ހަމަ ވީޑިއޯ ވައިރަލް ވީތަނުން ވީގޮތެއް ކަންނޭނގެ ދޯ!

  2. ރޯހިތް ޝީޓީ ފެނިގެންދާނެއެވެ.