އެންމެންގެ ލޮލުގެ ޖާދޫގައި ޖެހުނު ޕްރިޔާ ޕްރަކާޝް ތައިލެންޑްގައި ޗުއްޓީ ހޭދަ ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަލިޔަލަމް ފިލްމް އޮރޫ އަދާރް ލަވްގެ ސީނަކުން، ފެނިގެން އެތައް ބައެއްގެ ސަމާލުކަން ލިބުނު ޕްރިޔާ ވެގެން ގޮސްފައި ވަނީ އެންމެ ރެއަކުން އެތައް ބައެއްގެ ހިތްތައް އަތުލައިގަތް ފަންނާނަކަށެވެ.

އޭނާ ވަނީ ޗުއްޓީ ހޭދަ ކުރުމަށް ތައިލެންޑަށް ގޮސްފައެވެ. އަދި އޭނާގެ ފޭނުންނަށް މިހާރު އެ ދަތުރުގެ އެންމެ ފަހުގެ ފޮޓޯތަކާއި ވީީޑިއޯތައް އޭނާ ދަނީ ހިއްސާ ކުރަމުންނެވެ.

އެގޮތުން ފުކެޓްގެ ފީފީ އައިލެންޑްގެ ގޮނޑުދޮށުގައި ވަގުތު ހޭދަ ކުރާ ފޮޓޯތަކާއި، ބެންގްކޮކްގެ މަގުމަތީގައި ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ފޮޓޯތައް އޭނާގެ ފޭނުން ކޮމެންޓް ކުރަމުންދާއިރު، އެތައް ބަޔަކު ލަވް ރިއެކްޓްވެސް ކޮށްފައި ވެއެވެ.

ޕްރިޔާގެ ފުރަަތަމަ ފިލްމަށްފަހު އޭނާ ވެގެން ގޮސްފައި ވަނީ އިންޓަނޭޓްގައި އެންމެ ގިނަބަޔަކު ސާޗް ކުރި ފަންނާނަށެވެ.

އޭނާ ވަނީ މި ފަހުންވެސް ބައެއް ފިލްމްތަކުގައި މަސައްކަތް ކޮށްފައެވެ.