ބައެއް މީހުންނަކީ އުމުރުން ކިތަންމެ ދުވަހެއްވިޔަސް، މޫނުމަތިން އެކަން އެނގޭ މީހުންނެއް ނޫނެވެ. ބައެއް މީހުން މިގޮތަށް ވުމަށް އެތައް މަސައްކަތެއްވެސް ކުރެއެވެ. އުމުރަށްވުރެ ޒުވާންކޮށް މޫނުމައްޗާއި ހަށިގަނޑު ދެއްކުމަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުރާ މީހުން މި ދިވެހިރާއްޖޭގައިވެސް މަދެއް ނޫނެވެ.

ޗައިނާގެ ދައުލަތުގެ މީޑިޔާ، ސީސީޓީވީގައި ކޮންމެ ދުވަހަކުވެސް މޫސުން ކުރިއަށް ލަފާކުރާގޮތް ކިޔައިދޭ މި ޕްރެޒެންޓަރު، މި މަސައްކަތުގައި އުޅޭތާ މިހާރު އުޅޭތާ 22 އަހަރުވީއެވެ.

ޔަންގ ޑަން ގެ ވީޑިޔޯއެއް، ދާދިފަހުން ޗައިނާގެ މީސްމީޑިޔާތަކުގައި "ވައިރަލް" ވެފައިވެއެވެ. 22 އަހަރާއި 44 އަހަރުގައިވެސް މޫނުމަތިން އެއްވެސް ތަފާތެއް ފެނިގެންނުދާއިރު، ދުވަސްވުމުން، މޫނުމަތިން އިތުރަށް ޒުވާންވީހެން ހީވާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެސްވެއެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު ހައިރާންވެފައިވާއިރު، ވެއިބޯ (ޗައިނާގެ މީސްމީޑިޔާ) ގައި މީހަކު ބުނެފައިވެއެވެ. "އަނެއްކާ ހުރިހާ ވެދަރ ފޯކާސްޓެއް ޝޫޓުކުރީ އެއް ދުވަހަކުބާ؟".

 

ކިޔުންތެރިންގެ ހިޔާލު