މައްޝޫރު ޑައިރެކްޓާރ އަބީޝެކް ވަރުމަން ޑައިރެކްޓްކުރާ، ކަރަން ޖޯހަރުގެ ފިލްމް "ޝިއްދަތު" ގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މިދިޔަ ފެބުރުއަރީ މަހު ބޮލީވުޑާއި ވަކިވެގެން ދިޔަ، ސްރީ ދޭވީ ކުޅުމަށް އެއްބަސްވެފައިވާ މި ފިލްމުގެ މަސައްކަތްތައް މަޑު ޖައްސާލަން ޖެހުނީ، ސްރީ ދޭވީގެ ކުއްލި މަރާއި ގުޅިގެންނެވެ. އާއިލާ މެންބަރެއްގެ ކައިވެނި ހަފްލާއަށް ދުބާއީ އަށް ގޮސް އުޅުމުގެ ތެރޭގައި، ބާތު ޓަބައެއްގެ ތެރެއަށް ގެނބި މަރުވެ ދިޔަ ސްރީ ދޭވީ ވަނީ އޭނާ މަރުވުމުގެ ކުރީން ކަރަންގެ މި ފިލްމު ކުޅެދިނުމަށް އެއްބަސް ވެފައެވެ. އަދި އޭނާ ދިން އިންޓަވިއުއެއްގައި އެކަމާ އުފާވި ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ކުރިން ސްރީ ދޭވީ ކުޅެން ހަމަ ޖެހުނު ރޯލުން ދެން ފެނިގެން ދާނީ މާދުރީ ދިކްޝެޓް ކަމަށް އިންޑިޔާގެ ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށް ދާ ކަމަށާއި ކައިރި މުސްތަޤުބަލެއްގައި މި ފިލްމުގެ މަސައްކަތްތައް ފެށިގެން ދާނެ ކަމަށްވެސް އަޑުފެތުރިފައިވެއެވެ.

ސްރީ ދޭވީގެ ބަދަލުގައި "ޝިއްދަތު"ން ފެނިގެންދާ މާދުރީ ދެކޭގޮތުގައި، މި ފިލްމަކީ ސްރީ ދޭވީއަށް ދެވޭ ޓްރިބިއުޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮންމެވެސް އެއްޗެކޭ ކިޔާފަ ލާރިގަޑެއް ހޯދާނެ ގޮތެއް ބަލާތި