ފިރިހެނުންގެ މައްސަލައިގައި ޝްރީދޭވީ ޖާންވީއަށް އިތުބާރު ނުކުރާ ކަމަށް ބުނެފިއެވެ.

''ބްރައިޑްސް'' އަށް އެންމެ ފަހުން ދިން އިންޓަވިއުގައި ޖާންވީ ބުނެފައިވަނީ ފިރިހެނުންގެ ކަންތައްތަކުގައި ޖާންވީގެ މަންމަ ޝްރީދޭވީ އޭނާއަށް އިތުބާރު ނުކުރާ ކަމަށެވެ.

''އާނ! ފިރިހެނުންގެ މައްސަލައިގައި މަންމަ އަހަރެންނަށް އިތުބާރެއް ނުކުރޭ. އަބަދުވެސް ބުނާނެ އަހަރެންނަށް މީހަކު ހޯދައިދޭނީ މަންމައޭ. އެއީ އަހަރެންނަކީ ވަރަށް ފަސޭހައިން ލޯބިވެވޭ މީހަކަށް ވާތީ'' ޖާންވީ ބުނެފައިވެއެވެ.

މި އިންޓަވިއުގައި އިތުރަށް ވާހަކަ ދައްކަމުން ޖާންވީ ވަނީ އޭނާއަށް އެންމެ ކަމުދާ ފިރިހެނެއްގެ ކިބައިގައި ހުންނަން ވާނެ ސިފަތައް ވެސް ކިޔައިދީފައެވެ.

''އެމީހަކު ވާން ޖެހޭނީ ވަރަށް ހުނަރުވެރި މީހަކަށް. އޭނާ ކުރާ ކަމެއް ވަރަށް ގަޔާވެގެން ކުރާހިތުން ކުރާ މީހަކަށް. އެމީހެއްގެ ފަރާތުން އަހަރެންނަށް ވެސް ކަންތައްތަކެއް ދަސްކުރެވޭނެ މީހަކަށް. އަދި މަޖާ މީހަކަށް ވާން ޖެހޭނެ. އެއީ ވަރަށް މުހިންމު ކަމެއް. އަހަރެން ދެކެ ވަރަށް ލޯބިވާ އަހަރެންނަށް އަޅާލާ މީހަކަށް ވާން ޖެހޭނެ'' ޖާންވީ ބުނެފައިވެއެވެ.

ޖާންވީގެ ކައިވެންޏާއި ބެހޭގޮތުން 2017 ވަނަ އަހަރު ޝްރީދޭވީ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޖާންވީ ކައިވެންޏެއް ކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅުމަށް ބޮލީވުޑް އިންޑަސްޓްރީއާއި ދުރުގައި ހުންނަން ބޭނުންވާ ކަމަށެވެ.

ނަމަވެސް ޖާންވީ އެކްޓް ކުރަނީ އޭނާގެ އުފަލަށްޓަކައި ކަމުގައިވަނީ ނަމަ އެގޮތް ވެސް އެންމެ ރަނގަޅު ކަމަށް ޝްރީދޭވީ ބުނެފައިވެއެވެ.

ޖާންވީ މޮޅު އެކްޓަރަކަށް ވުމަކީ އެންމެ ދެކެން ބޭނުންވާ ދުވަަސް ކަމަށާއި އޭނާއަކީ ފަޚުރުވެރި މަންމައެއް ކަމަށް ވެސް ޝްރީދޭވީ ބުނެފައިވެއެވެ.