މީގެ އަހަރުތަކެއް ކުރީން ފެންމަތިވި، ޖިންސީ އަނިޔާގެ ގިނަ އަދަދެއްގެ މައްސަލަތަކާއި ގުޅިގެން ކުށްވެރިވި ނުރައްކާތެރި ގައިދީއަކު އެމެރިކާގެ ނިއުޔޯކުން އަތުލައިގެންފިއެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ހާނިކަ ކުރުމުގެ ކުށް ސާބިތުވާ އެމީހާ ހައްޔަރުކޮށްފައި ވަނިކޮށް ފިލާފައިވަނީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނިއު މެކްސިކޯއިން 1992 ވަނަ އަހަރުގެ ތެރޭގައެވެ. އުމުރުން މިހާރު 80 އަހަރުވެފައިވާ އާތޫރު ނަމަކަށްކިޔާ އެމީހާ އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި އޮފިޝަލުން ހިންގި އޮޕަރޭޝަނެއްގައެވެ.
އާތޫރު ފިލާފައިވަނީ އޭނާ އާއި ދެކޮޅަށް 1992 ވަނަ އަހަރު ކުރި ދަޢުވާއަކާއި ގުޅިގެން ބަންދުކޮށްފައި ހުއްޓާކަމަށް ވެއެވެ. އެފަހަރު އޭނާގެ މައްޗަށް ދެ ދަޢުވާއެއް ކުރިއިރު، އެ ދެ ދަޢުވާއަކީވެސް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމާއި ގުޅިގެން ކުރެވުނު ދެ ދަޢުވާއެވެ.
ކްރިސްޓިއަން ދީނުގެ ފާދިރީކަންވެސް ކޮށްފައިވާ އާތޫރު ފިލައިގެން އުޅުނީ ޤައުމުން ބޭރުގައެވެ. މި ސަބަބަށްޓަކައި އޮފިޝަލުންނަށް އޭނާ އަތުލައިގަތުމަށް ހުރަސް އެޅިފައިވުމުން އޭނާ އުޅެމުންދިޔައީ މިނިވަންކަމާއި އެކު ވަޒީފާވެސް އަދާކުރަމުން ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.
އާތޫރުގެ މައްސަލަ ތަހުޤީޤުކޮށް ބެލި ބެލުމުން، އޭނާއަކީ 38 ކުޑަ ފިރިހެން ކުދިންނަށް އެކި ފަހަރުމަތިން ޖިންސީ އަނިޔާކުރި މީހެއްކަން ވަނީ ހާމަވެފައެވެ. މީގެ އިތުރުން 1965 ވަނަ އަހަރު އޭނާ މަސައްކަތްކުރަމުންދިޔަ ފައްޅިއެއްގައި އަންހެނުންނަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
އާތޫރު އިއްޔެ ނިއުޔޯކުން ހައްޔަރުކުރުމާއި އެކު އޭނާ އާއި މެދު ފިޔަވަޅު އަޅައި ޖަލަށްލުމަށް އޮފިޝަލުން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އޭނާ ފިލައިގެން އުޅުނު ދުވަސްވަރު އިތުރު ކުށެއް ކޮށްފައިވޭތޯ ބެލުމަށްވެސް އެފަރާތްތަކުން ދަނީ ތަހުޤީޤެއް ކުރަމުންނެވެ. ނަމަވެސް އެކަމާއި ގުޅޭ މަޢުލޫމާތެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.
ތީހަމަ އަންނި.
ކުށްވެރިންގެމަށްޗަށް ހުކުމެއްކުރެވިފައިވަނިކޮށް އެހުކުމް ތައްފީޒްނުކުރެވޭނަމަ
އެއީ ކުށްވެރިއަކަށްވާނެ ލި ލިޔުމުންވެސް އެކަންދޭހަވޭ ނަމަވެސް ހިތާމައަކީ ސަތާރައަހަރުގެ ޖަލުހުކުމެއްއައިސްފައިވާ ދިވެހިރާޖޭގެ ކުއްވެރިއަކު އެކުށްތަންފީނުވެ
( ބޭރުގައުމެއްގެ ހިމާޔަތްހޯދާ ) އެބުރި ގައުމަށްއަންނަދުވަހު އީދެއްފާހަގަކުރާގޮތަށް
މަރުހަބާކިޔާގޮތަށް ރާވާފައިވާކަން