މަންމަގެ އިސްތަށި ބޭނުންކޮށްގެން ހެދުމެއް ފަހައިދޭނެ މީހަކު ހޯދަން އެމެރިކާ މީހަކު އިއުލާންކޮށްފިއެވެ.

ފެޝަން ޑިޒައިން ކުރާ މީހުން މަސައްކަތް ކުރާ ސައިޓެއް ކަމަށްވާ ޝޯޕޯލް ސައިޓްގައި ކުރި ޕޯސްޓެއްގައި އުމުރުން 60 އަހަރުގެ ނަން ހާމަ ނުކުރުމަށް އެދޭ މީހަކު ބުނެފައިވަނީ އޭނާގެ މަންމަގެ ކައިވެނީގެ ހެދުން އަލުން ޑެކްރޭޓް ކުރަން ބޭނުންވާ ކަމަށެވެ. އަދި މި ފަހަރު ޑެކްރޭޑް ކުރަން ބޭނުންވަނީ މަންމަގެ އިސްތަށިން ކަމަށެވެ.

މިޕޯސްޓްގައި މިމީހާ އިތުރަށް ބުނެފައިވަނީ މިގޮތަށް މިކަން ކުރަން ނިންމީ މަންމަ މިދުނިޔެ އާއި އަލްވަދާޢު ކިޔާފައިވާތީ، މަންމަގެ ހަނދާނުގައި އެއްޗެއް ހެދުމުގެ ނިޔަތުގައި ކަމަށެވެ. މިގޮތުން، މިހެދުން ރީޑޮކްރޭޓް ކުރާ މީހަކަށް، 15،000 ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިމީހާ އިތުރަށް ބުނެފައިވަނީ ފެހުމަށާއި ޑިޒައިން ކުރުމަށް ބޭނުންވާ ހުރިހާ ސާމާނު މިމީހާގެ އަތުގައި ހުރި ކަމަށެވެ. މިގޮތުން އޭނާގެ މަންމަގެ އިސްތަށިތައް ވެސް ރައްކާތެރިކޮށްފައި އެބަހުރި ކަމަށް މިމީހާ ބުނެފައިވެއެވެ. މިމީހާ ބުނެފައިވަނީ މަންމަގެ އިސްތަށިތައް މިގޮތަށް ރައްކާތެރިކޮށްފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ކަމަށެވެ.

އަދި މިއަހަރު މިގޮތަށް މިކަން ކުރަން ފެށީ މަންމަ ބަލިކަމަށް ޑޮކްޓަރުން ބުނި ހިސާބުން ކަމަށެވެ. އަދި ވޭތުވެދިޔަ 4 އަހަރުގައި ހެދުން ފެހޭ ވަރަށް އިސްތަށި ރައްކާތެރިކޮށްފައިވާނެ ކަމަށް މިމީހާ ބުނެފައިވެއެވެ.

މިޕޯސްޓާއިއެކު ވަނީ މި ހެދުން ތައްޔާރު ކުރާން ބޭނުންވާ ގޮތުގެ ކުރެހުމެއްވެސް ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު