ސަޔަކީ ގިނަ ބަޔަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެެ. ސައިގެ ތެރެއިން އާއްމުކޮށް ބޮވޭ ސަޔަކީ އާދައިގެ ސައި ނުވަތަ ކަޅު ސައި އަދި ގްރީން ޓީއެވެ. މިއީ އަހަރުމެންނަށް ވަރަށް ފަސޭހައިން އަދި އެހާމެ އަގުހެޔޮކޮށް ލިބޭނެ ސައިފަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1500 ވައްތަރުގެ ސައިފަތް އުފައްދައެވެ. އޭގެ ތެރެއިން ދަނބުކުލައިގެ ސައި ނުވަތަ ސައިފަތް ވެގެން ގޮސްފައި މި ވަނީ އަގުބޮޑު ސައިފަތަކަށެވެ.

އިންޑިއާގެ އަރުނަޝަލް ޕްރަދޭޝްއަކީ ވަރަށް ގިނަ ވައްތަރުގެ ސައިފަތް އުފައްދާ ހިސާބެކެވެ. އެ ހިސާބުގަނޑުގައި ސައިފަތް ދަނޑުތައްވެސް އިންތިހާއަށް ގިނައެވެ. އެ ސްޓޭޓްގައި ދަނބުކުލައިގެ ސައިފަތް ހައްދައެވެ. އެއީ ކެންޔާގައި ހައްދާ ބާވަތެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

ނަމަވެސް 2015 ވަނަ އަހަރު ހެދި ދިރާސާއަކުން އެނގުނުގޮތުގައި، އެއީ އައްސާމްގައި ހެދޭ ސައިފަތް ގަސްތަކެކެވެ. އެގޮތުން 10000 ސައިފަތުން ކިރިޔާ އެއް ކިލޯގެ ދަނބު ސައި އުފައްދައެވެ. އޭގެ އަގަކީ ދިވެހި ރުފިޔާއިން ބަލާނަމަ 5160.95 ރުފިޔާއެވެ.

ދަނބުކުލައިގެ ސައިފަތަކީ ސިއްހީގޮތުންވެސް ވަރަށް ފައިދާ ކުރުވަނިވި ސައިފަތެއް ކަމަށް ދިރާސަތަކުން ދައްކައެވެ. އަދި އެއީ މީރު ސައިފަތެއް ކަމަށް ބުނާމީހުންވެސް މަދެއް ނޫނެވެ. ތަފާތު ކުލަތަކުގެ ސައިފަތްތައް މިހާރުވެސް ވިއްކަމުން އަންނައިރު، އެ ސައިފަތްތަކަށް ކުލަ ގެނެސްދެނީ އެންތޮސައިނިން ކިޔާ މާއްދާއެއްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު