މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކެލިފޯނިއާގެ ޔޮސްމެއިޓް ނޭޝަނަލް ޕާކުގެ ޓެފްޓް ޕޮއިންޓުގައި ތިބި ދެމަފިރިންގެ ފޮޓޯ ނެގި ފޮޓޯގްރާފަރަކު އެ ދެ ލޯބިވެރިން ހޯދަން ވަރަށް މަސައްކަތް ކުރިއެވެ. އެއީ އެ ފޮޓޯގެ ފުރިހަމަ ކަމުގެ ސަބަބުންނެވެ. އެ ދެ ލޯބިވެެރިންނަކީ ކޮން ބައެއް ކަން އަދިވެސް ހޯދިފައެއް ނުވެއެވެ. އެ ދެ ލޯބިވެރިން ތިބި ތަނުގައި ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި އިންޑިއާ ދެމަފިރިޔަކު މި ވަނީ މަރުވެފައެވެ.

މި ހަފްތާ ތެރޭގައި ޓެފްޓް ޕޮއިންޓްގައި ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި މި ދެމަފިރިން ވެއްޓި މަރުވިއިރު، މި މީހުންގެ ހަށިގަނޑު ފެނިފައިވާކަމަށް ނޫސްތައް ބުނެއެވެ. މި މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ޓެފްޓް ޕޮއިންޓްގެ ތިރިންނެވެ.

މަރުވި ދެމަފިރިންނަކީ ވަރަށް ފަހުން ސިސްކޯއަށް ބަދަލުވި ދެ މީހެކެވެ. ވިޝްނޫ އާއި މޫރްތީ އެތަނަށް ބަދަލުވީ ވިޝްނޫއަށް ވަޒީފާ ހަމަޖެހުމުންނެވެ. ދެމަފިރިންނަކީ އެކި ތަންތަނަށް ދަތުރުކުގައި ވަރަށް ފޯރި ހުންނަ ބައެކެވެ. އަދި އެކަމަށްޓަކައި ޙާއްސަ ބްލޮގެއްވެސް މި ދެމަފިރިން ވަނީ ތައްޔާރުކޮށްފައެވެ.

އެ މިއުޒިއަމް އިން ބުނީ، މި މަހުގެ 25 ވަނަ ދުވަހު ޓެފްޓް ޕޮއިންޓް އިން ވެއްޓުނު ދެމަފިރިންގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. އަދި އެ މީހުން ވެއްޓުނީ އެ ދުވަހު މެންދުރުގެ ވަގުތެއްގައި ކަމަށާއި، ހަށިގަނޑު ފެނިފައި ވަނީ ޓެފްޓް ޕޮއިންޓްގެ 800 ފީޓް ތިރިންކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު