އަޒޯނާގެ މިރޭގެ އެޕިސޯޑުން ބެލުންތެރިންނަށް ފެނިގެންދާނީ މޯލްޑިވިއަން އައިޑޮލް އިން އާއްމުންގެ ބޮޑެ ސަމާލުކަމެއް ލިބިފައިވާ ދެ ލަވަކިޔުންތެރިންކަމުުގައިވާ އަހުމަދު ނަޒީހް އަދި މަރިޔަމް މައީޝާ އެވެ.

މިއީ އާއްމުންގެ މެދުގައި ރާޅު ބޯއި އަދި ރާޅު މަރިޔަނބުގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ދެ ތަރިންނެވެ.

މި ދެތަރިން މީގެ ކުރިން ވަނީ އައިޑޮލްގެ ސީޒަން ތިނެއްގެ ސްޓޭޖް މަތިން އެކުގައި ނަޒީހްގެ އަމިއްލަ ރާގުގެ ލަވަ “ރާޅޭ” ހުށަހަޅައިގެން ބެލުންތެރިންގެ މެދުގައި މަގުބޫލު ޖޯޑަކަށްވެފައެވެ.

https://www.facebook.com/1245313922190427/posts/1911226712265808/

މިރޭގެ އެޕިސޯޑްއަކީ އެހެން ޝޯވތަކޭ އެއްފަދައިން ތަފާތު ގޭމްތަކާއި، ސަކަރާތްގަނޑަކާއެކު ކުރިއަށް ދާނެ އެޕިސޯޑެއް ކަމަށް ޓްރެއިލާއިން ފާހަގަވެގެން ދެއެވެ.

އަޒޯނާ މި ޝޯވގެ މި ސީޒަންގައި މިހާތަނަށް ދޭއް އެޕިސޯޑް ދައްކާފައިވާއިރު، ދެ އެޕިސޯޑަށްވެސް ބެލުންތެރިންގެ ވަރަށް ހޫނު ގަދަ ތަރުހީބެއް ލިބިގެންދިޔަކަން ފާހަގަކުރެވެއެވެ.

https://www.facebook.com/662500767157697/posts/2255260951214996/

އަދި ކުރިއަށް ހުރި އެޕިސޯޑްތަކުން ވެސް ހާއްސަ ފަންނާނުންތަކެއް ފެނިގެން ދާނެއެވެ. އެގޮތުން މި ސީޒަންގެ ހަތަރު ވަނަ އެޕިސޯޑްގައި ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު ދެ ބަތަލުން ކަމުގައިވާ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އަދި އަލީ ސީޒަން ފެނިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

އަޒޯނާގެ މިރޭގެ އެޕިސޯޑްވެސް ޔޫޓިއުބް އަދި ފޭސްބުކްގައި ލައިވް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ﷲގެ ކޯފާ އައިސް ކަލޭމެން ޣަރަޤު ނުކުރައްވާފިއްޔާ ދެރަ. ބިރުވެތި ނުވޭވިއްޔަ.

    • ވަސަންތީ

      ރަނގަޅު