ޗައިނާއަށް ނިސްބަތްވާ އުމުރުން 12 އަހަރުގެ ކުއްޖަކު ޗާޖަށް ޖަހައިގެން ފޯނާއި ކުޅެން އުޅެނިކޮށް ފޯނު ގޮވައި ބޮޑެތި އަނިޔާތަކެއް އޭނާއަށް ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ހާދިސާއާއި ގުޅިގެން އެ ކުއްޖާގެ އަތުގެ މެދުވާ އިނގިލި ބުރިވެގެން ގޮސް، ލޮލުގެ ފެނުންވެސް ވަނީ ގޮސްފައެވެ.

މެންޖިސޫ ނަމަކަށް ކިޔާ އެ ކުއްޖާ އުޅުނީ ޗާޖަށް ޖަހަފާއި އޮތް ފޯނު ބޭނުން ކުރާށެވެ. އެ ފޯން ޗާޖަށް ޖަހާފައި ވަނީ އިލެކްޓްރޯނިކް ސޮކެޓް ޗާޖަރަކަށެވެ. އެގޮތުން އޭނާ އެ ފޯނުގައި އަތްލިތަނުން ފޯނު ގޮވިއިރު، އޭނާ މެދު އިނގިއްޔާއި ދެ ލޯވެސް ކަނުވިއެވެ.

އެ ހާދިސާއަށްފަހު އެ ކުއްޖާ އޮތީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި ބިންމައްޗަށް ވެއްޓިފައެވެ. ލެއިން ތަތްތެޅިފައި އޮތް އެ ކުއްޖާ ފެނުނީ އޭނާގެ ދައްތައަށެވެ. ޗައިނާގެ ނޫސްތައް ބުނާގޮތުގައި އެ ކުއްޖާއަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ޗާޖަށް ޖަހާފައި އޮއްވާ ކުއްލިއަކަށް ގޮވާފައި ވަނީ ޗައިނާ މޮޑެލްގެ ފޯނެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 123

    ޗައިނާ އަކީ ފޯނު މޮޑަލެއްތަ؟