ރަޝިއާގެ ބޮޑު ސުޕާމާކެޓެއްގެ ތެރެއަށް އަންހެނަކު ވިހެއި މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖަކުން ފެންނަނީ އެތަނުގައި މަސައްކަތް ކުރަމުންދާ ކޭޝިއަރެެއް އެ ފިހާރަ ތެރޭގައި ވިއްސަން އުޅޭ މަންޒަރެވެ.

11 މިނިޓްގެ އެ ވީޑިއޯގައި އުމުރުން 28 އަހަރުގެ އަންހެން މީހާ މަޑުކޮށްގެން ހުއްޓާ އޭނާގެ ބަނޑުގައި ރިއްސަން ފަށާ ދަރިފުޅު ނުކުންނަން އުޅޭހެން ހީވިއެވެ. އަދި އިރުކޮޅަކުން އޭނާ އެތަނުގައި އޮށޯވެއެވެ. އަދި އެތަނުގައި މަސައްކަތް ކުރާ ސްޓާފުން އެ މީހާއަށް އެހީތެރިވުމުގެ ގޮތުން ތުވާއްޔާއި އެއްޗެހި ހޯދަން ދުވެއެވެ.

އަދި އެތަނުގައި މަސައްކަތް ކުރަމުންދާ ކޭޝިއާ އެލައިނާ އެ މީހާ ވިއްސަން މަސައްކަތް ކުރިއެވެ. އެ ތަނުގައި މަސައްކަތް ކުރަމުންދާ އިތުރު ސްޓާފެއް އޭނާއަށް އެހީވުމުގައި ބައިވެރިވިއެވެ.

ބިރުން ހުރެ އެ ކޭޝިއާ އެ އަންހެން މީހާ ވިއްސަން މަސައްކަތް ކުރިއެވެ. އެތަނުގައި ތިބި އެއްވެސް މީހަކީ މެޑިކަލް ދާއިރާގެ އެއްވެސް އެއްޗެއް އެނގޭ ބައެއް ނޫނެވެ. ނަމަވެސް ޕެރެމެޑިކްސް އެތަނަށް އައުމުގެ ކުރިން އެ މީހުން އެ އަންހެން މީހާ ވިއްސިއެވެ.

ހުރިހާކަމެއްވެސް ދިޔައީ ވަރަށް އަވަސް ގޮތަކަށެވެ. އެހެންވެ އެއްވެސް މީހަކަަށް ޕެރެމެޑިކްސް އަންނަންދެން ބަލަން ނުތިބުވުނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، ރިޕޯޓްތައް ބުނާގޮތުގައި، ދެމައިންގެ ހާލުވެސް ރަނގަޅެވެ. އެ އަންހެން މީހާ ވިހެއީ ފިރިހެން ކުއްޖެކެވެ. އޭނާއަށް އީވާންގެ ނަމުން ނަން ދިންއިރު، އެއީ އަންހެން މީހާގެ ހަ ވަނަ ދަރިފުޅުކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިން

    މާޝާﷲ