ޗައިނާގެ ލޭބާ ފޯސްތަކާއި މެދު ވަރަށް އިހާނެތިގޮތް ގޮތަށް ކަންތައް ކުރާ ވާހަކައަކީ އާ ވާހަަކައެއް ނޫނެވެ. ބައެއް އެފަދަ ކުންފުނިތަކުގެ އިސްވެރިން އެ މީހުންގެ މުވައްޒަފުންނާއި މެދު ކަންތައް ކުރަނީ ވަރަށް ރަހުމްކުޑަކޮށެވެ. މުވައްޒަފުންނާއި މެދު ކަންތައް ކުރަނީ އަޅުންނާއި މެދު ކަންތައް ކުރާ ބީދައިންނެވެ.

ޗައިނާގެ ގެތަށް ހެދުމުގެ މަސައްކަތުގައި އުޅެމުންދާ މުވައްޒަފުންތަކަކަށް ދާދި ފަހުން ކަންތައް ކުރިގޮތުގެ ވާހަކަދައްކާލަމާ ހިނގާށެވެ. އެ ކުންފުނީގެ މަސައްކަތް ކުރާ މުވައްޒަފުންނަށް ވެރިޔާ ބުނިގޮތަށް މަސައްކަތް ނުކުރެވުނީއެވެ.

އެމީހުންނާއި ހަވާލުކުރި މަސައްކަތް ކޮށް ނުނިމުނީއެވެ. އެކަމާއި ރުޅި އައިސްގެން ވެރިޔާ އެ މުވައްޒަފުންނަށް ބޯން ދިނީ ކުޑަކަމުދާ ތަކެއްޗެެވެ. އަދި އިތުރު ކުރަފީވެސް ކާންދިނެވެ. އެކަން ނުކޮށްފިނަމަ ބެލްޓުން ތަޅާނެ ކަމުގެ އިންޒާރުވެސް ދިނެވެ.

އެމީހުންނަށް އަދަބު ދީފައިވަނީ އެހެން މުވައްޒަފުންގެވެސް ކުރިމަތީގައެވެ. މިގޮތަށް ކަންތައް ކުރާކަމަށް ބުނެ އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.

އެކަން ބައެއް މީހުންގެ ސަމާލުކަމަށްވެެސް އައެވެ. އަދި އެ ކުންފުނީގެ ތިން ވެރިއަކު 10 ދުވަހަށް ޖަލަަށްވެސް ލިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ދިވެހިން ކައިރިން ދަސްކޮއްގެން ދިޔަ މީހަކަށް ވާނީ