ރާއްޖޭގެ މުޅި މުނިފޫހިފުލުވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ "ބައިސްކޯފު" އެޕްލިކޭޝަން ލޯންކުރުމަށް ބާއްވާ ހަފްލާ އަންނަ ހޯމަ ދުވަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ އެންމެ މަގުބޫލު ޑައިރެކްޓަރ އަދި ވާހަަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) ބުނީ، މި އެޕްލިކޭޝަން ވެގެން ދާނީ މުނިފޫހިވުލުފުމުގެ ދާއިރާއިން ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ އެޕްލިކޭޝަންއަކަށް ކަމަށެވެ.

އަންނަ ހޯމަ ދުވަހު ދަރުބާރުގޭގައި ކުލަގަދަ އިވެންޓެއްގެ ގޮތުގައި ބާއްވާ އެ ރަސްމިއްޔާތުގެ ތެރެއިން ނަހޫގެ ވެބް ސީރީޒް "ހުވާ"ގެ ޓްރެއިލާ ވެސް ރިލީޒްކުރާނެކަމަށް ނަހޫ ބުންޏެވެ. އަދި މިއީ ހުވާގެ އެންމެ ފަހުގެ މައުލޫމާތު އެނގެން ބޭނުންވާ ފަރާތްތަކަށް ވަރަށް ހާއްސަ ހަފްލާއަކަށް ވެގެންެދާނެކަމަށް ނަހޫ ބުންޏެވެ. އަދި "ހުވާ" ސީރީޒް ބެލޭނީ "ބައިސްކޯފު" އެޕުންނެވެ.

https://www.facebook.com/155384271986022/posts/262087604649021/

ހުވާ ސީރިޒްއަކީ ރާއްޖޭގައި މިވަގުތު އެވޭލެބަލް ހުރިހާ ސްޓާރުން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ވެބް ސީރީޒްއެއްކަމަށް ނަހޫ ބުންޏެވެ.

އަދި އެ އިވެންޓާއި ގުޅޭގޮތުން ވާހަކަދައްކަމުން ބައިސްކޯފުން ބުނީ، ބައިސްކޯފު ލޯންޗިންގ އާއި ހުވާގެ ޓްރެެއިލާ ލޯންޗިންގ ކުރިއަށްދާނީ ރެޑްކާޕެޓްގެ ބޮޑު އިވެންޓަކާއިއެކުގައި ކަމަށެވެ. އަދި މި އެޕް ލޯންޗ ކުރުމުގެ ހަފްލާއަށް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ގާތްގަނޑަކަށް އެންމެންހެން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި، ފިލްމީ ތަރިންނާއި، މިއުޒީޝަނުންގެ އިތުރުން، ކުރީގެ ތަރިންވެސް ހިމެނެއެެވެ.

އެހެންކަމުން ގައުމީ ފިލްމް އެވޯޑް ރަސްމިއްޔާތު ކެންސަލްވި ނަމަވެސް، މިފަހަރުގެ ރެޑްކާޕެޓް އިވެންޓް އެއަށްވުރެ ކުލަ ގަދަވާނެ ކަމަށް ބެލެވެއެވެ.

އަދި މި ހަފްލާ ވީޓީވީން ލައިވް ކުރާނެއެވެ.