ބައެއް ފަހަރަށް ކާޓޫންތަކުން ދައްކާ އެއްޗެހީގެ ސަބަބުން ނުވަތަ ކިޔައިދޭ ވާޙަކަތަކުގެ ސަބަބުން ޙަޤީޤަތާއި ޚިލާފު ބައެއް ވާހަކަތައް ޤަބޫލު ކުރެވެއެވެ. މިގޮތުން ބައެއް ޖަނަވާރުންނާއި ބެހޭ ގޮތުންވެސް ތަފާތު އެތައް ކަންތައްތަކެއް ޤަބޫލު ކުރެވެއެވެ.

މިގޮތުން އެންޓީޓަރ ނަމަކަށް ކިޔާ ޖަނަވާރުގެ ނޭފަތުން ކާ ވާހަކަ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލު ކުރަމެވެ. އެއީ އެގޮތަށް ކާޓޫންތަކުގައި ދައްކާފައިވާތީއެވެ. ކާޓޫންތަކުން ދައްކާ ގިތުގައި އެންޓީޓަރގެ ނޭފަތުން ހިނިކައި އުޅެއެވެ. ނަމަވެސް މިޖަނަވާރުގެ ބޮޑު ނޭފަތެއް އޮތް ނަމަވެސް އޭގެ ބޭނުމަކީ ކެއުމެއް ނޫނެވެ. ނަމަވެސް އެއީ ކުދި ކުދި ސޫފިތައް ނޭފަތުން ނިކުންނަ ދިޔައެއްގެ އެހީގައި ތައްލުވާ އެ އަނގައިން ކެޔުމެވެ.

އަނގަ ހުޅުވައިގެން ނިދާނަމަ ފައިދިގު މަކުނު އަގަޔަށް އެރޭނެ ކަމަށް ގިނަ މުސްކުޅިން ބުނެ އުޅެއެވެ. ނަމަވެސް މިއީވެސް ޙަޤީޤަތެއް ނޫނެވެ. އަގައިގެ ކުޅަކީ ފައިދިގު މަކުނަށް އެހާ ކަމުދާ އެއްޗެއް ނޫނެވެ. މިހެންކަމުން ފަދިގު މަކުނެއް އަގައިގެ ތެރެއަށް އެރުމަށްވުރެ ނޭރުމުގެ ފުރުސަތު ބޮޑެތެވެ.

މަކުނު ކަންފަތުގައި ބިސް އަޅާ ވާހަކައަކީވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ނަމަވެސް މަކުނުފަދަ ޖަނަވާރުގެ އަސްލު ގެޔައީ ބޮލެވެ. އަދި މިތަކެތި ބިސް އަޅާނީ ބިހުގެ ހަންގަނޑަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާއިޒު

    ދުވަހަކުވެސް އަޑުއެހި ވާހަކައެއް ނޫން.

    ބޮޑަށް ވައްތަރީ މުޙައްމަދު އަރީޙު ގެ މައިންބަފައިންވެސް ތިކަހަލަ ވާހަކައެއް ތިގޮތަށް ނުދައްކާނެ ކަމަށް.
    ނަމަވެސް އަރީޙަށްވެސް ނެޓުން ފެނުނު ލިޔުންކޮޅެއް ތަރުޖަމާކޮށްފައި ޖެހީކަމަށް

  2. ދޫނި

    މިތަކެތި ބިސް އަޅާނީ ބިހުގެ ހަންގަނޑަށެވެ. ކޮބާބާ މީގެ މާނައަކީ.