2020 ވަނަ އަހަރު އަންނަން ވާއިރަށް ކުށްވެރިން ހޯދުމަށާއި، ސިޓީ ޕެޓްރޯލް ކުރުމަށް އުދުހޭ ސައިކަލު ބޭނުން ކުރަން ދުބާއި ފުލުހުން ތައްޔާރުވެއްޖެއެވެ.

މިގޮތަށް ދުބާއި ފުލުހުން ނިންމިއިރު، މިހާރު އެ މީހުންނަށް އެފަދަ ސައިކަލުތަކުގައި ޓްރެއިނިންގ ދޭން ވަނީ ފަށާފައެވެ.

މި ސައިކަލުގެ އެހީގައި ސިޓީ ޕެޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވެގެންދާއިރު، ފަސޭހައިން ނޭރޭ ތަންތަނަށް ފަސޭހަކަމާއެކު އެރުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.

މިހާރު އެ ސައިކަލުގައި ޓްރެއިނިންގ ދެމުން ގެންދަނީ ދެ ފުލުހަކަށް ކަމަށް ރިޕޯޓްތައް ބުނެެެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ފުލުހުންނަށް އެ ޓްރެއިނިންގ ދޭން ނިންމާފައިވާއިރު، މިއީ ރާއްޖޭގެ މާހައުލުގެ އަމާންކަން ބަލަހައްޓަން ދިވެހި ފުލުހުންނަށް ބޭނުން ކުރެވިދާނެ ފަދަ ސައިކަލެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިއީ މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ދައްކާލި ސައިކަލެކެވެ. ހޮވާބައިކްސްގެ ނަމުން ނަން ދީފައިވާ މި ސައިކަލު އާއްމުންނަށް ދައްކާލަފައި ވަނީ ޖިޓެކްސް ޓެކްނޮލޮޖީ ވީކްގައެވެ. މިއީ ދުބާއި ފުލުހުން ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެޅުނު އިތުރު ބޮޅެއްކަމަށް އެ މީހުން ދެކެއެވެ.

މި ސައިކަލަކީ ކަރަންޓް ޗާޖްކޮށްގެން ބޭނުން ކުރާ ސައިކަލެކެވެ. މި ސައިކަލުން ފަސް ފޫޓު މަތިން ދަތުރު ކުރެވޭއިރު، ޓްރެފިކް ޖެހިފައި އޮންނަ ގަޑިިއެއްގައި މަގުމަތި ޕެޓްރޯލް ކުރަން މިއީ ރަނގަޅު ސައިކަލަކަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެން ތިއެއް ބޭނުމެއްނޫން! އަހަރެމެން ބޭނުމީ ބޮޑެތި ކުށްވެރިން ދޫކޮށްލާ އުދުހޭ ހައިކޯޓެެއް!

  2. ޖ

    ރާއްޖޭގައި ތިބޭކުއްވެރިން އެގޭހުރިހާ މުއައްސަސާތަކައް ދެންކީއްކުރާ އުދުހޭސައިކަލެއްތަ

  3. ނުރަބޯ

    ކެކެކެކެ ހުސޭނުބެ އެވިދާޅުވީ ހެޔޮކޮށް?.