ކައިވެންޏަށް ތައްޔާރުވަމުން ދިޔަ އަންހެނަކާއި، އޭނާގެ ރަހުމަތްތެރިންތަކެއް ދުބާއީގައި ޕާޓީ ކުރުމަށްފަހު އެނބުރި ގެއަށް ދާން ދިޔަ މަގުމަތީ ފްލައިޓް ވެއްޓި މަރުވެއްޖެއެވެ.
މީނާ ބަސަރަން ނަމަކަށް ކިޔާ އެ އަންހެން މީހާ ޕާޓީ ބާއްވާފައި ވަނީ ދުބާއީގެ ވަން އެންޑް އޮންލީ ލަގްޒަރީ ހޮޓަލުގައެވެ. އެ ޕާޓީއަށް ގޮސްފައި ވަނީ އޭނާގެ ގާތް މީހުންނެވެ. އެއީ އޭނާގެ ކައިވެނީގެ ކަންތައްތަކާއި އުޅޭ މީހުންނެވެ.
އެ މީހުން ޕާޓީ ކުރުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯތައްވެސް މިސް މީޑިޔާގައި ވަނީ ހިއްސާކޮށްފައެވެ.
މީނާ އެ ފްލައިޓް ކައިރީ ނަގާފައި ފޮޓޯތަކެއް ހާދިސާ ހިނގުމުގެ ކުރިން މީސް މީޑިއާގައި އާންމު ކުރިއެވެ.
އަދި ޕާޓީ ކުރި ބޮޑު ގުުރޫޕާއެކު ނަގާފައިވާ ފޮޓޯތަކެއްވެސް މީސް މީޑިޔާގައި ދައުރުވިއެވެ.
އެހެން ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެ އެނބުރި ގެއަށް ދާން ދަތުރުކުރަމުންދަނިކޮށް އެ ފްލައިޓް ވަނީ އީރާނިއަން މައުންޓެއިންސައިޑަށް ވެއްޓިފައެވެ. ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި، ތުރުކީއަށް ނިސްބަތްވާ އެ ހުރިހާ އެންެމެން މަރުވިއިރު، އެ ފެލެއިޓް ވެއްޓުނު ސަބަބު ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާދިސާގައި މީނާ އާއި އޭނާގެ ހަތް ރަހުމަތްތެރިންނާއި ފްލައިޓްގެ ދެޕައިލެޓުން މަރުވިއެވެ.
މަންޒަރު ދުށް މީހުން ބުނާގޮތުގައި، އެ ފްލައިޓް ވެއްޓުމުގެ ކުރިން އޭގައި އަލިފާން ރޯވިއެވެ.
ވަރަށް ދެރަ ރީތި ކުދިންކޮޅެއް ވިއްޔަ!
ރީތީ ޢަމަލު ރީތިއްޔާ،
ބޭރުފުށުގެ ރީތި ކަމަކީ އަބަދު ދެމިއޮންނާނޭ އެއްޗެއް ނޫން.
?
މިކަމުންވެސް ޖެނެރަލް އަދުރޭ މެން ނިހާނު މެން ފަދަ މީސް މީހުން އިބްރަތް ލިބިގަންނަން ޖެހޭ ކަމަށް ދެކެން.
ތިކަމުން ރައީސް މައުމޫނު އާއި ރައީސް ނަސީދުވެސް އިބުރަތް ލިބިގަންނަން ޖެހޭނެ
ޔާﷲ
ހާދަ ބައިވަރު ވަޅެކޭ ތި ގެއްލުނީ! ތެޔޮ ލިބޭނެ ކަމެއް ނޭނގެ ދެން
ދަރިންނޭ އިބްރަތްތެރި ފިލާވަޅެއް.. ކޮންމެ ވަގުތަކުވެސް މަރު ތިބާ އާ ބައްދަލު ކޮއްފާނެ