ޕްރޭންކް ޖެއްސުމުގައި މަޝްހޫރުކަން ހޯދާފައިވާ ގުރޫޕަކުން ރަޝިއާގެ އެޕަލް ސްޓޯރަކަށް ބިލިގާއެއް ފުރާ ވަކިލާރި އަޅައިގެން ދިޔައީ އައިފޯނެއް ގަތުމަށެވެ. އެ މީހުން އެ ސްޓޯރއަށް ދިޔަ މަންޒަރާއި، އަދި އެތަނަށް ގޮސް އުޅެން ޖެހުނު ހާލު ފެންނަ ވީޑިއޯވެސް އެ ގުރޫޕުން ނެގިއެވެ.

ރަޝިއާގެ ބްލޮގަރެއް މިކަން ހިނގުމުގެ ދެ ދުވަސް ކުރިން އިންސްޓަގްރާމް ކުރި ވީޑިއޯއަކުން ވަކި ލާރިތައް ބިލިގާއަށް އަޅާ މަންޒަރު ފެނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ބިލިގާ ތެރެއަށް އެ ބްލޮގަރު ވަނީ 100،000 ރަޝިއާގެ ވަކިލާރި އަޅާފައެވެ. އެއީ ޑޮލަރުން ބަލާކަމުގައިވަނީނަމަ 1500 ޑޮލަރެވެ.

ސެންޓްރަލް މޮސްކޯގައި ހުންނަ އެޕަލް ސްޓޯރއަކަށް އެ ގުރޫޕް ދިޔައީ، އެ ބިލިގާ ކާރަކަށް އަރުވައިގެންނެވެ. އެ ބިލިގާގައި 350 ކިލޯ ހުންނާނެ ކަމަށް ވެއެވެ.

މިސް މީޑިއާއަށް ލާފައިވާ އެ ވީޑިއޯއިން އެތަން ބަލަހައްޓާ ސެކިއުރިޓީ މީހާ އެ މީހުން އެތަނަށް ވަދެ ނުދިނުމަށް އުޅުނެވެ. ނަމަވެސް ފަހުން އެ މީހުން ވަނުމަށް އޭނާ ވަނީ ފުރުސަތު ދީފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުން އެ ފޯނު ވިއްކުމަށް އެ އެ ސްޓޯރުން ނިންމިއެވެ. އަދި ވަކިލާރިތައް ގުނުމުގެ މަސައްކަތްވެސް އެ ސްޓޯރއިން ކުރިއެވެ. އެކަަމަށް ދެގަޑިއިރު ހޭދަވި ކަމަށް ވެއެވެ.

އަދި އޭނާ ވަނީ އައިފޯން އެކްސްއެސްގެ 256 ޖީބީގެ ފޯނެއް ގަނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮއިން ބެއްޔާ

    އެއްލައްކަ ރަޝިޔާގެ ވަކިލާރި.

  2. ސުރުޚީބޭބެ

    ސުރުޚީގެ ޖަވާބު: އެމީހުންނަކަށް ކަމެއް ނުވެއެވެ. އެކަމު އެމީހުން ކުރަން ދިޔަ ކަންތައް އެމީހުން ކާމިޔާބު ކުރީއެވެ.

  3. ފުރެޝް

    ވަޓް އަ ހެޑިން. ސުޕާރބް