ޕާކިސްތާނުގެ ލާހޯރް އަށް ނިސްބަތްވާ އަންހެނަކު އެއްމާބަނޑު ހަ ކުދިން ވިހައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ވިހެއި ހަ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ނިޔާވެފައެވެ. އެއީ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވީ ވިހެއުމުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަދުގެ ވަގުތެއްގައި އެ އަންހެން މީހާ ވިހެއިއިރު، އެ އަންހެން މީހާ ވިހެއީ ފަސް އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެކެވެ.

މިހާރު އެ ކުދިންނަށް ޗިލްޑްރެން ހޮސްޕިޓަލުގެ ނާރސް ވޯޑުގައި ދަނީ ފަރުވަދެމުންނެވެ. އެ ކުދިންގެ ބަރުދަން ވަރަށް ބޮޑަށް ދަށެވެ. އެެހެންވެ ޑޮކްޓަރުން ދަނި އެ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ.

މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. އާއްމުކޮށް ގިނަ މީހުންނަށް ލިބެނީ އެއްމާބަނޑު ދެ ކުދިންނެވެ. އެެހެން ނަމަވެސް ރާއްޖޭގެ ދެމަފިރިޔަކަށް ވަރަށް ފަހުން ވަނީ އެއްމާބަނޑު ހަތަރު ކުދިން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ

    މާޝާﷲ