އާންމުކޮށް ނުފެންނަ ހުދު ފުއްލާގެ ބާއްވަތެއް ނޯވޭއިން ފެނިއްޖެއެވެ.

ނޯވޭގެ ފޮޓޯގްރާފަރެއް ކަމަށްވާ އުމުރުން 24 އަހަރުގެ މޭޑް ނޯޑްސްވީން އަށް މި ފުއްލާ ފެނުނީ ރައްޓެހިއްނާއެކު ނޯވޭގެ ސްނޯ ފަރުބަދަ މަތީ ސަރަހައްދަށް ގޮސް އުޅެނިކޮށެވެ.

އޭނާ މިދިޔަ ހޯމަ ދުވަހު މީސް މީޑިއާގައި އާންމު ކުރި ފުއްލާގެ މި ފޮޓޯއަށް މިހާތަނަށް 20000 ލައިކް ލިބިފައިވާއިރު އިންސްޓަގްރާމުގައި މި ފޮޓޯ އާއެކު ލިޔުނު ކެޕްޝަންގައި ވަނީ މި ފުއްލާ ވަނީ ފެނުމަށް ފަހު އިރުކޮޅެއް ފަހުން ޖަންގަލިތެރެއަށް ވަދެ ގެއްލިފައެވެ.

ނޯވޭއިން ފެނުނު މި ފުއްލާ އަކީ ވަރަށް މަދުން ނޫނީ ނުފެންނަށް ފުއްލާގެ ބާއްވަތަކަށް ވާއިރު، މީގެ ފުއްލާއެއް އެންމެ ފަހުން ފެނިފައިވަނީ 2016 ވަނަ އަހަރު ސްވިޑިން އިންނެވެ.

މި ޖަނަވާރު އަލުން ފެނުމުން ސައިންސްވެރިންނަށް ވެސް ވަނީ ހައިރާންކަން ގެނުވާފައެވެ. މި ޖަނަވާރު ފެނުނު މޭޑް ނޯޑްސްވީން ބުނެފައިވަނީ އޭނާއަށް ފެނުނީ ވަރަށް އާދަޔާ ހިލާފު މަންޒަރެއް ކަމަށެވެ.

އާންމުކޮށް ބައެއް ޖަނަވާރު ހުދު ކަމަށް ދައްކައްނީ ޖެހިފައިހުންނަ ބައްޔެއްގެ ސަބަބުންނެވެ. ނަމަވެސް މި ފުއްލާ އަކީ ފުއްލާގެ ހުދު ވައްތަރެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ބައެއް މީހުން ގަބޫލު ކުރާގޮތުގައި މި ބާވަތުގެ ފުއްލާ ފެނުމަކީ ރަގަޅު ކަމެއް ވާން އުޅޭ ކަމުގެ ނިޝާނެކެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އަދިވެސް އިންސާނުން ދިރާސާ ނުކުރާ ސަރަހައްދުތަށް ގިނަ އެވެ. ކޮންމެ އަހަރެއްގައިވެސް އަލަށް ހޯދާ ދޫދި ސޫފާސޫފިތަކާއި ޖަނަވާރުތަށް ފެންނަ ހަބަރުތަށް ނޫސްތަކުން އަޅުގަނޑުމެންނަށް އިވެއެވެ. މީގެ އިތުރުން ދުނިޔެއިން ނެތިގޮސްފައިވާ ކަމަށް ސައިސްވެރިން ނިންމާފައިވާ ޖަނަވާރުތަށް ވެސް އަލުން ބައެއް ފަހަރު ދުނިޔޭގެ ކޮންމެވެސް ތަނަކުން ފެނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާސްއަށްދާން ނުއުޅެ މިދުނިޔޭގެ ބިމާއި ޖަންގަލި އަސި ދިރޭސޫފާސޫފި ހޯދުން މާރަނގަޅު!

  2. އަހަރެން ހަމަ އަންތަރިސް ވެއްޖެ.