ބުލް ފައިޓިންގ އަކީ މީގެ އަހަރުތަކެއް ކުރިން ޔޫރަޕުގައި ކުޅެވެމުން އައި ކުޅިވަރެވެ. ޔޫރަޕުގައި ހިނގަމުންދިޔަ އަނިޔާވެރި ރަސްކަންތަކުގެ ޝާހީ ހައިބަތު ދެއްކުމަށް ކުރަމުން އައި މިކަންތައް މިހާރުވަނީ ދުނިޔޭގެ އެކި ބިތްތަކަށް ފެތުރިފައެވެ. އަދި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކުޅިވަރެއްގެ ގޮތުން މި ކަން ދަނީ ކުރަމުންނެވެ.

އެގޮތުން، މި ކުޅިވަރަށް، ޗައިނާގެ ކުންގ ފޫ އެއްކޮށްގެން ކުޅެމުން އަންނަ ޗައިނާގެ ރައްޔިތަކަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ. އެއީ އުމުރުން އެންމެ 24 އަހަރުގެ ރެން ރުޒީ އެވެ.

ނޫސްތަކުން ބުނާ ގޮތުގައި ބުލް ފައިޓިންގ ރިންގު ތެރޭގައި އޭނާ ބުލްއާ ކުރިމަތިލުމަށް ބޭނުން ކުރަނީ ކުންގ ފޫގެ އުކުޅުތަކެވެ. ކުންގ ފޫ އަކީ ޗައިނާއަށް ޚާއްޞަ، މާޝަލް އާޓްސްގެ ވައްތަރެކެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި، ރެން އެއްވެސް ޖެހިލުމެއް ނެތި ކުންގ ފޫގެ އުކުޅުތައް، ބުލް އަށް ޖަހައިގެން އެއްވެސް ޖެހިލުމެއް ނެތި މި ބޮޑެތި ބުލްތައް ތިރިކޮށްލައެވެ.

ރެން

"ރޮއިޓަރސް" އާ ވާހަކަ ދައްކަމުން ރެން ބުނެފައިވަނީ މި ކަމުގެ ސަބަބުން ދައްކުވައިދެނީ މީހާގެ ހިތްވަރުގަކަމާއި ކެރުންކަމުގައެވެ.

އެހެންނަމަވެސް، ރެން މި ކުރާ ކަންތަކަށް އޭނާގެ މަންމަ އެހާ ޤަބޫލެއް ނޫނެވެ. އޭނާގެ މަންމަ މިކަމަށް ދެކޮޅުވަނީ މިކަމުގެ ސަބަބުން ރެން އަށް ބޮޑު ގެއްލުމެއް ލިބިދާނެތީއެވެ. އެހެންނަމަވެސް، މި ކުޅިވަރުގެ ތެރެއިން އެއްފަހަރުވެސް ރެން އަށް އަނިޔާވެފައި ނުވެއެވެ.

ޗައިނާގައި ބުލް ފައިޓިންގ ކުރިއަށް ގެންދަނީ ޔޫރަޕުގައި އެކަން ކުރިއަށް ގެންދާ ގޮތާ ކޮންމެވެސް ވަރަށް ތަފާތުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަހުރަ

    ވަރަށް ރަނގަޅު!! މިލިޔުން ލިޔެފަ އޮތް ގޮތާ މެދު ވަރަށް ހިތްހަމަ ޖެހޭ!!

  2. ނަސީދޫ

    މޯދީ ހާދަ ދެރަވާނޭ

  3. ޖޮއްބެ

    މިއީ ތިޔަބުނާހެން އިހު އަންޒަމާނުގައި ކުޅެވެމުން މިހާހިސާބަށް އައި ކުޅިވަރެކެވެ. އެހެން ނަމަވެސް މިއީ ކުޅުން ރަގަޅު ކުޅިވަރެއްނޫނެވެ. ސަބަބަކީ މިކުޅިވަރުގައި ގެރިއަށް އަނިޔާވާ ކަމެވެ. ގެރީގެ ޙަމަލާއިން ގެރި ތަޅުވާމީހާ ރެކުމަށްފަހު ގެރީގެ ކަނދުރާ މައްޗަށް ޒާތެއްގެ ކަށިތަކެއް އޭނާ ހަރާލައެވެ. މިގޮތައް ތަކުރާރު ކުރަމުންގޮސް އެންމެފަހުން ގެރި ލެއިން ފެންވެރި ވަރުދެރަވެގެން ބިން މައްޗަށް ވެއްޓެއެވެ. ދެން އެއަށްފަހު އެގެރިއަށް އެމީހުން ހަދަނީ ކިހިނެތް ކަމެއްނޭނގެއެވެ. މާތްﷲ ހުރިހާ ތަކެއްޗެއްވެސް ހެއްދެވީ (އެކަލާނގެ އޯގާވަންތަކަމުން) އިންސާނުން ނަށް ޓަކައެވެ. އެހެންކަމުން އިންސާނާ ބޭނުންކުރުން ހުއްދަކުރައްވާފައިވާ ތަކެތި ބޭނުންކުރެވިދާނެއެވެ. އެކަމަކު ހެޔޮގޮތުގައެވެ. ޖަނަވާރުންނަށްވެސް އަނިޔާވެރި ވެގެންނުވާނެއެވެ.

    • ގެރި

      ޖޮއްބެ ތިބުނީ ވ.ރަނގަޅު ވާހަކައެއް.