ވަރަށް ހައިރާން ކުރަނިވި ކަންކަންވެސް ބައެއް ފަހަރު ދިމާވެއެވެ. އަމިއްލަ މީހާއަށް އެކަހަލަ ކަންކަން ކުރިމަތިނުވާހާ ހިނދެއްގައި، އާއްމުކޮށް މިފަދަ ކަންކަމަކީ ހަޤީޤަތްކަމަށްވެސް ގަބޫލު ނުކުރެވޭނެއެވެ. އެގޮތުން، މިއީވެސް އެފަދަ ކަމެކެވެ.

މީގެ ނުވަ އަހަރު ކުރިން، ފާޚާނާއަށް ފްލަޝް ކުރެވިގެން ގެއްލުނު އަނގޮޓިއެއްވަނީ ފެނިފައެވެ. ތުތިމަހެއް ނުވަތަ ޑައިމަންޑް އެއް ޖަހާފައިވާ މި އަގުހުރި އަނގޮޓި އަކީ އެމެރިކާގެ ނިއު ޖާޒީ އަށް ނިސްބަތްވާ ޕޯލާ ސްޓެންޓަން ނަމަކަށް ކިޔާ އަންހެނަކަށެވެ.

މި އަންހެން މީހާ، ބޭރުގެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި މިއީ އޭނާގެ ކައިވެނީގެ އަނގޮޓިއެވެ. އަދި، މިހާ ދިގު މުއްދަތަކަށްފަހު އަނގޮޓި ފެންނަން މެދުވެރިވީ އޭގެ ތިން މަސް ދުވަހެއްހާ ދުވަސް ކުރިން ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރާ މީހެއްގެ ގާތުގައި މި ވާހަކަ ބުނުމުންނެވެ.

މި އަނގޮޓި ފެނުނު ޕަބްލިކް ވޯކްސްގެ މުވައްޒަފު ބުނެފައިވާ ގޮތުގައި އަނގޮޓި ފެނިފައިވަނީ މީގެ ދެތިން ދުވަސްކުރިން ޕޯލާގެ ގެޔާ 400 ފޫޓު ދުރުގައި ހުރި ޖަންކްޝަން ވަޅުގަނޑެއް ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށެވެ. އެގޮތުން، ވަޅުގަނޑު ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ވިދުންފަދަ ހަރު އެއްޗެއްގައި އަތް ޖެހުނުކަމަށްވެސް ބުނެފައިވެއެވެ.

މިއީ ވަރަށް ހައިރާންކުރަނިވި ކަމެއްކަމަށް ބެލެވޭއިރު، ޕޯލާ އަކީ ނަސީބުގަދަ މީހެއްކަމަށްވެސް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިސާޗް

    ވެލޭޒިނާ އަށް ޖޭ އެސް ސީގެ މެމްބަރު ކަން ނުދިނުން ތިޔަށްވުރެ ޙައިރާންވޭ!!!