ދުއްވާފައި ދިޔަ ވެހިކަލް އަކުން އެމެރިކާގެ މަގަކަށް ގިނަ އަދަދެއްގެ ޑޮލަރު ބަންޑުން ވެއްޖެއެވެ.

އެމެރިކާގެ ނިއުޗާޒީގެ ހައިވޭ ގައި ހިންގި މިހާދިސާ ހިންގަން މެދުވެރިވީ ގިނަ އަދަދެއްގެ ޑޮލަރު ހިފައިގެން ދިޔަ ޓްރަކް އެއްގައި މައްސަލަ ޖެހި އޭގެއިން ޑޮލަރު މަގުމައްޗަށް ފޭބުމުންނެވެ. މި ޓްރަކުން 3000 ޑޮލަރު މަގުމައްޗަށް ފޭބި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

މި ވެހިކަލުން ޑޮލަރު މަގުމައްޗަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ޑޮލަރުތަށް ފައިބަން ފެށުމުން އެތަށް ބަޔަކު ވަނީ ހައިވޭ މައްޗަށް އަރާ ޑޮލަރުތައް ނަގާފައެވެ. މިކަމާ ގުޅިގެން ހައިވޭގައި ގިނަ އަދަދެއްގެ އެކްސިޓެންޑްތަށް ވެސް ވަނީ ހިންގާފައެވެ.

ނިއުޖާޒީގެ ފުލުހުން ބުނެފައިވަނީ މަގުމައްޗަށް އެޅުނު ޑޮލަރުގެ ތެރެއިން ބައެއް ޑޮލަރު ފުލުހުން ހޮވާފައިވާ ކަމަށާއި މަގުމައްޗަށް އަޅާފައިވަނީ ޖުމްލަ ކިހާވަރެއްކަން ބުނެދެން ދަތި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވާންޗޯ

    މިގައުމު ހިންގަންނޭނގިގެންއުޅޭ ރައީސް ތިޔަތަނަށް ފޮނުވަންވީ ޑޮލަރުހޮވަން. ޢޭރުންވެސް މުސާރަދެވޭނެވަރު ވެދާނެތޯއްޗެއް.

  2. ހުސޭނުބޭ

    30000 ޑޮލަރު ތިއީ 100 ގެ 30 ނޫޓް. ތިއީ ކޯންޗެއް! ހަމަ ސުމެއްނު!

    • ާސާދާގަރު

      މިތާ ހާދަ މުއްސަދިން ގިނަ އޭ ދޯ

  3. ޖޮއްބެ

    ލިޔުމުގައި އޮތީ ތިންހާސް ޑޮލަރު ކަމަށް އެއީ މާ ބައިވަރު އެއްޗެއްތަ؟