އަބަދުވެސް ދައްކާނީ، ރެސްޓޯރަންޓަށް ގޮސް އަގުބޮޑެތި ކެއުންތައް ކާކަމުގައިވާނަމަ އަތުން ޚަރަދުދާ ވާހަކައެވެ. އެކަމުގެ ސަބަބުން އެހެން ކަންކަން ކުރަން ހުންނަ ފައިސާ މަދުވާ ވާހަކައެވެ. ހަމައެހެންމެ، ގޭގައި ކެއްކުމުގެ ބަދަލުގައި ކޮންމެ ފަހަރަކު ރެސްޓޯރަންޓަށް ގޮސް ކާނަމަ ޚަރަދުތައް ހިނގާކަމެވެ.

އެހެންނަމަވެސް، މި މީހާ ކަންތައް ދިމާވީ މުޅިން އެހެން ގޮތަކަށެވެ. މި މީހާ މުއްސަންޖަކަށްވީ ރެސްޓޯރަންޓަށް ގޮސް އޯޑަރު ކުރި ކެއުމެއްގެ ސަބަބުންނެވެ.

ނަސީބު އަތުގައި ހިފުމުގެ ސަބަބުން، އޯޑަރު ކުރި ކާއެއްޗެއްގެ ސަބަބުން ފައިސާވެރިކަމަށްވެފައިވަނީ އެމެރިކާގެ ރައްޔިތެއްކަމުގައިވާ ރިކް އެންޓަޝް ނަމަކަށް ކިޔާ މީހެކެވެ.

އޭނާއާ ހަވާލާދީ ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުގައި ބުނެފައިވާ ގޮތުން އެއް ދުވަހަކު އޭނާ ދިޔައީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ސީފުޑް ރެސްޓޯރަންޓް އަކަށެވެ. ސީފުޑުގެ ބާވަތްތަކަށް ޚާއްޞަ މި ރެސްޓޯރަންޓަށް މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށް ގޮސް އޭނާ އޯޑަރު ކުރީ އޮއިސްޓަރގެ ބާވަތަކަށެވެ.

އެހެންނަމަވެސް، މި ކެއުންވީ އޭނާގެ ނަސީބު ބަދަލު ކުރި ކެއުމަށެވެ. އޮއިސްޓަރގެ ތެރެއިން އޭނާއަށް ފެނިފައިވަނީ އެތައްހާސް ޑޮލަރެއްގެ އަގުހުރި ޕާލް ނުވަތަ ޖަވާހިރެކެވެ.

ރިކް އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ އޮއިސްޓަރ ކަމުން ދިޔައިރު އެންމެ ފުރަތަމަ ހިވީ ދަތެއް ވެއްޓުނުހެންކަމަށެވެ. އެހެންނަމަވެސް، ރަނގަޅަށް ބަލާލިއިރު، އެއީ ޖަވާހިރެއްކަމަށްވެސް ބުނެފައިވެއެވެ.

އުމުރުން 66 އަހަރުގެ ރިކް އަށް ފެނުނު ޖަވާހިރު ގަންނާނެ ފަރާތްތައްވެސް މިހާރުވަނީ ވެފައެވެ. އެގޮތުން 30 ހާހާއި 60 ހާހުގެ ދެމެދުގެ އަގެއްގައި މި ޖަވާހިރު ގަންނަން ފަރާތަކުންވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުރުމީ

    30ހާސް ރުރިޔާއިން މުއްސަދިވީ؟؟؟؟؟

  2. Abdul Latheef

    ތީ އެތައް މިލިޔަން ޑޮލަރުގެ އަގު ހުރި އެއްޗެއް. ތިކަލޭގެ އަށް އެއިގެ އަގު އެގޭނަމަތާ އެއަގުގަ ވިއްކާލެވޭނީ.