ޚަޔާތުގެ ބައިވެރިޔާ ބޭވަފާތެރިވުން އެއީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. ގިނައިން ބޭވަފާތެރިވަނީ ފިރިހެނުންތޯ ނުވަތަ އަންހެނުންތޯ ކުރެވޭ ސުވާލަށް ޖަވާބު ދޭކަށް ނެތީމެވެ. އެއީ އެންމެނަށް އެއްބަސް ވެވޭނެ ޖަވާބެއް ނުދެވޭނެތީއެވެ.

މިލިޔުމުގައި މިގެނެސްދެނީ ތަފާތު ދިރާސާތަކުގެ މައްޗަށް ބިނާކޮށް "ނިއުޔޯކް ޓައިމްސް" ގައި ފިރިހެނުން ބޭވަފާތެރިވުމާއި ބެހޭ ގޮތުން ބަޔާންކޮށްފައިވާ ބައެއް ކަންކަމެވެ.

"އިލިކްޓް އެންކައުންޓާ" އާއި ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ބުނެފައި ވަނީ އިސްކޮޅު ފަސް ފޫޓް ދިހަ އިންޗި އަށް ވުރެ ދިގު ގިނަ ފިރިހެނުން އެމީހުންގެ ޚަޔާތުގައި މަދުވެގެން ދެފަހަރަށް ޚަޔާތުގެ ބައިވެރިޔާ އަށް ބޭވަފާތެރިވެފައިވާ ކަމަށެވެ.

ރޮކް ލަވަތަކަށް ލޯބިކުރާ މީހުންގެ ތެރެއިން 41 އިންސައްތަ ފިރިހެނުން އެމީހުންގެ ޚަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ބައިވެރިޔާ އަށް ބޭވަފާތެރިވެފައިވާ ކަމަށް ވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނުން އެންމެ ގިނައިން ބޭވަފާތެރި ވަނީ އެމީހުންގެ އުމުރުން 29 އަހަރާއި 39 އަހަރާއި ދެމެދުއެވެ. ނަމަވެސް މީގެ މާނައަކީ އެހެން އުމުރުތަކުގެ މީހުން އެމީހުންގެ ހަޔާތުގެ ބައިވެރިޔާ އަށް ބޭވަފާތެރި ނުވާނެ ވާހަކައެއް ނޫނެވެ.

ޔުނިވާސިޓީ އޮފް މިސޫރީ އިން ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި ގިނައިން ޓްވިޓާ ބޭނުންކުރާ ފިރިހެނުން ބޭވަފާތެރިވުން ގިނައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ އާދަމް ނަވާޒް މިހާރު ކިތައް ފަހަރު ބޭވަފާތެރިވެއްޖައިންތޯއެވެ؟

    • ކަމީ

      އަތަށް ގިވާފަ ހެހެ

  2. ސާޔަން

    ބަލަ ކާފަރުން އުޅޭ ގައުމު ތަކުގަ ކަންތަތަ ހިނގާނީ މ،ި ގައުމުގަ ކަންތަތަ ހިނގާ ގޮތަކަށް ނޫނޭ... އެހެންވީމަ އަތަނަށް ހަދާ ދިރާސާއެއް މިތަނައް އެޕްލައެ ނުވާނޭ....

  3. ބަކުރުބެ

    ކކކކކކކކ
    ވަގުތުން ލިޔާ ޚަބަރުތަކަށް އިތުބާރު ނުކުރެވޭނީ މިކަހަލަ ކޫސަނި އެއްޗެހި ލިޔާތީ....

  4. ދަންނަ

    އަޅުގަނޑަށް އެނގިފައިވާގޮތުން އަދި އަޅުގަނޑުގެ ރަށުގައިވެސް ބޭވަފާތެރި ވުމުގެ ކަންތައް ހިނގާފައިވާގޮތަށް ބަލާއިރު އަދި އަޅުގަނޑުގެ ތަޖުރިބާގެ އަލީގައިވެސް ބުނެވެން އޮތީ ގިނައިން ބޭވަފާތެރި ވެފައިވަނީ އަންހެންމީހާގެ ފުށުންނޭ
    އެހެންވީމާ މިފުރުޞަތު ދެއްވީތީ ވަރަށްބޮޑަށް ޝުކުރިއްޔާ