އޮޅުކޮށްގެން ބުޅަލާއި ކުއްތާ ގެންގުޅުމަކީ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި ވަރަށް ގިނަ މީހުން ކުރަމުން އަންނަ ކަމެކެވެ. މިފަދަ ގިނަ ފަރާތްތަކުން މި ޖަނަވާރުތައް ގެންގުޅެމުން އަންނަނީ އެފަރާތްތަކުން އާއިލާގެ މެންބަރުން ކަމުގައި ދެކިގެންނެވެ.

އެގޮތުން، އެމެރިކާގެ ނިއު ޔޯކުގައި އުޅެމުންދާ ބްރިޓަނީ ހޯލީވެސް އޭނާގެ ކުއްތާ ގެންގުޅެމުން ދަނީ މިފަދަ ގޮތަކަށެވެ. ހަމައެކަނި އާއިލާގެ މެންބަރެއް ކަމުގައި ދެކެނީއެއް ނޫނެވެ. އެކުގައި ކޮލެޖަށްވެސް ދިޔައެވެ.

ކްލާކްސަން ޔުނިވަރސިޓީގައި މި އަންހެން މީހާ މާސްޓަސް ޑިގްރީ އަށް ތައުލީމު ހާސިލު ކުރަމުން ދިޔައިރު ކޮންމެ ދުވަހަކުވެސް ކޮލެޖަށް ދިޔައެވެ. އެންމެ ފަހުން އޭނާ މާސްޓަސް ޑިގްރީ ހާސިލު ކުރިއިރު، އޭނާގެ ކުއްތާއަށްވެސް ސަނަދެއް ލިބިގެން ދިޔައެވެ. އެއީ އޮނަރަރީ ޑިޕްލޮމާ އެކެވެ.

މި ޔުނިވަރސިޓީގެ ބޯޑު މެންބަރުންގެ މަޝްވަރާއާއި ނިންމުމާ އެއްގޮތަށް މި ހަތަރު އަހަރުގެ ކުއްތާއަށް އޮނަރަރީ ޑިޕްލޮމާގެ ސަނަދު ދީފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ހޯލީ އަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. މިކަމުގެ ސަބަބުން އޭނާ ތަންތަނަށް ދާން ޖެހެނޫ ވީލްޗެއަރގެ އެހީތެރިކަމުގައެވެ. މިފަދަ ތަންތަނަށް ދާއިރު ކަންކަން ކޮށްދެނީ މި ކުއްތާއެވެ، ކިޔަވާއިރު ފަސޭހަ ކޮށްދިނުމަށް ކަންކަން ކޮށްދެނީވެސް މި ކުއްތާއެވެ.

ކިޔުންތެރިންގެ ހިޔާލު