ފުރިހަމަ ރަތް ހަނދު ކޭތައެއް މަޝްހޫރު ނަމުން ނަމަ "ބްލަޑް މޫން" ހަނދު ކޭތައެއް މި ފެށޭ 2019 ވަނަ އަހަރު ޖެނުއަރީ މަހު ހިފާނެ ކަމަށް އެމެރިކާގެ ޖައްވީ ކަންތައްތަކާ ބެހޭ އިދާރާ "ނާސާ" އިން ބުނެފިއެވެ.

މި ފެށޭ 2019 އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހިފާ މި ހަނދު ކޭތަ ދެކުނު އަދި އުތުރު އެމެރިކާ, ޔޫރަޕް އަދި ކެރޭބިއަންގެ ގައުމުތަކަށް ފެނާނެއެވެ. ނަމަވެސް މި ކޭތަ ރާއްޖެއަަށް ފެނުމުގެ ފުތުސަތެއް ނެތެވެ.

އަންނަ މަހު ހިފާ މި ކޭތަ އެއް ގަޑިއިރާއި ދެ މިނެޓަށް ދެމިގެން ދާއިރު މި ޒާތުގެ ހަނދު ކޭތައެއް އެންމެ ފަހުން ހިފީ މިދިޔަ ޖުލައި މަހުއެވެ. އެ ފަހަރު ހިފި ކޭތަ ރާއްޖެ އިތުރުން އޭޝިޔާ އާއި ޔޫރަޕާއި އެފްރިކާގެ އިތުރުން ދެކުނު އެމެރިކާގެ ހުރިހާ ގައުމުތަކަށް ފެނުނެވެ. ނަމަވެސް އެމެރިކާ އާއި ކެނެޑާ އަދި ގްރީންލޭންޑަށް ރީތި ފުރިހަމަ ހަނދު ކޭތަ ފެނުމުގެ އެއްވެސް ނަސީބެއް ނުލިބުނެއެވެ.

ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ.

ހަނދު ކޭތަ ހިފާއިރު ނުވަތަ ބްލަޑް މޫން އެއްގައި ހަނދު ރަތް ކުލައިން ފެންނަ ސަބަބަކީ އިރާއި ހަނދުގެ ދެމެދަށް ދުނިޔެ ވަނުމުންނެވެ. އެކަމުގެ ސަބަބުން ހަނދަށް އެޅިގެންދާ އިރުގެ ދޯދި ދުނިޔޭގެ ޖައްވުގައި ޖެހި ރިވެރި (ރިފްރެކްޓް) ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެ ގޮތަށް ރިވެރި ވެގެން ދަނީ ރަތް ކުލައިގެ ދޯދިތަކެވެ. ކޭތަ ހިފާ ވަގުތު ހަނދު ރަތް ކުލައިން ފެންނަ ސަބަބަކީ އެއީއެވެ.

ފުރިހަމަ ހަނދުކޭތައެއް ދެން ފެންނާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރުއެވެ. އެ ހަނދުކޭތަވެސް ޔޫރަޕާއި އޭޝިއާ އާއި އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކަށް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަސީރު

    ބަކަރި ކަތިލަން ވަާނެ

  2. ބޮނަކު

    ކަލޭމެންނަށް ތިކަން އެނގެނީ ކިހިނެއް؟ ފަހުންވާނެ ކަންތައް އެނގޭނީ އެފަރާތަށާއި އެކަލޭގެފާނަށް އެކަނި

    • ފަލަކީ ހިސާބު

      Shaykh Ibn ‘Uthaymeen (may Allaah have mercy on him) said: The one who speaks of that which may be worked out by calculations is not a fortune-teller at all, because there is no element of fortune-telling in that which may be worked out by calculations. If a person predicts a solar or lunar eclipse, this is not fortune-telling because it is worked out by calculations. If he says that the sun will set at a 20-degree angle at such and such a time, this is not knowledge of the unseen, because it is something that may be worked out by calculations, and predicting something that can be worked out by calculation, even if it is in the future, is not regarded as being knowledge of the unseen, or fortune-telling.

  3. ހަމަ ތެދެއް

    ޤިޔާމަތް ވުމުގެ ޢަލާމާތްތަކުގެ ތެރޭގައު އަވަސް އަވަހަށް ކޭތަ ހިފުން ހިމެނޭ... ވިސްނާ ފިކުރު ކުރާ ބަޔަކަށް މިއީ ޢިބުރަތޭ