މި އަހަަރު ފެންނާނެ ފުރަތަމަ ހަނދުކޭތަ މާދަމާ ރޭ ރާއްޖެ ހިމެނޭ ގޮތަށް ބޮޑު ސަރަހައްދަކަށް ފެނިގެން ދާނެ ކަމަށް ފަލަކީ ހިސާބުތަކުން ދެއްކި ނަމަވެސް މާދަމާ ރޭ ކޭތަ ނަމާދު ރާއްޖޭގެ އެއްވެސް ރަށެއްގައި ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މާދަމާ ހަނދުކޭތަ ހިފަން ފަށާނީ، މާދަމާރޭ ރާއްޖެ ގަޑިން 20:14 ހާއިރުއެވެ. ކޭތަ އެންމެ ފުރިހަމަވެ ފެންނާނީ ރާއްޖޭ ގަޑިން 22:22 ގައެވެ. ކޭތަ ވީއްލާނީ ދަންވަރު 00:31 ގައެވެ.

މި ހަނދު ކޭތަ ރާއްޖެއަށް ފެންނައިރު، މި ކޭތަ 4 ގަޑިއިރާއި 18 މިނިޓަށް ދިގު ދެމިގެންދާނެއެވެ.

މާދަމާ ރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ އިތުރުން އެހެން އޭޝިއާގެ ބައެއް ގައުމުތަކަށާއި، ޔޫރަޕްގެ ބައެއް ހިސާބުތަކުގެ އިތުރުން، އެފްރިކާ އޮސްޓްރޭލިއާއަށް ވެސް ފެންނާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާދަމާ ރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދެއްކި ނަމަވެސް ހަނދުގެ އެއްވެސް ބަޔަކުން އަލިކަން މުޅިން ފިލައިގެން ގޮސް އަނދިރިކަން ނުހުންނާނެ ކަަމަށެވެ. އަދި ފަނޑު ހިޔަންޏެއްގެ ގޮތުގައި ހަނދަށް އެޅިފައި ހުންނާނީ ވަރަށް ފަނޑު އަނދިރިކަމެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

"މި ސަބަބުތައް ހުރުމުން ފަލަކީ ކޮމެޓީގެ ލަފައާއެކު އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ މާދަމާ ރޭ ކޭތަނަމާދު ރާއްޖޭގެ އެއްވެސް ރަށެއްގައި ނުކުރާގޮތައްކަމުގައި ދެއްނެވީމެވެ". އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ހަނދު ކޭތަ ހިފަނީ ދުނިޔެ އޯބިޓް ކުރުމުގެ ތެރޭގައި ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން، ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ފާއިޒު

    ހަނދުކޭތަ ހިފާ އެ ފެންނަ ނަމަ ކޭތަނަމާދު ކުރުން ސުންނަތްވެގެން ނުވޭތޯ؟ އެހެންވީމާ، މާދަމާރޭގައި ރާއްޖެއަށް ހަނދުކޭތަ ނުހިފާކަމަށް އިޢުލާނު ކުރަންވީނޫންތޯ.

    76
    1
  2. އަހްމަދު

    ކޭތަނަމާދުކީއްކުރަން ތިޔަބައިމީހުންނައް ހުއްޓުވޭނަމަ ފަރުލުނަމާދުވެސް މިތަނުގަ މިހާރު ނުކުރާނެ

    85
    4
    • ޢިލޫ

      ހުދު ތެދެއްތިބުނީ!

      23
    • ޢަބްދުއްލަޠީފު

      ބުނަންތަ ވާހަކައެއް. ތަންދޮރު އަޅުން ނުފިލާނަމަ އަނގަ މަޑުންލައިގެން ހުރޭ. ކަރު ބުރިކުރުމާ އިގިލި ބުރިކުރުމާ ހަމަހަމަ ނުކުރޭ. އެއީ ހައްދުފަހަނަޅާ ދިއުން.

      6
      7
  3. ފައްޔާ

    ކަލޭމެންނަށް ފިތުރުއީދު ފަލަކީގޮތުން ބަލައި އެކަމަށް އަމަލު ކުރެވޭ.. އެކަމަކު ހަނދު ކޭތަ ފެނުނަސް އަދި ފަލަކީގޮތުން ހަނދުކޭތަ ހިފާނެކަން އެނގޭއިރުވެސް ތިބުނަނީ ކޭތަ ނަމާދު ނުކުރާނަމޭ. ކަލޭމެން ތިބޭ ކޭތަ ނަމާދުނުކޮއް.. އަހަރެމެން ކުރާނަން ކޭތަނަމާދު.

  4. ނޫނޭ ނުލަފާ

    ސުބްހާނަﷲ. ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ކޭތައެއް ހިފަނީ. ކޭތަ ވާނީ ކޭތައަށް އެ ނުވާނެ މަޖަލާ އުފާކުރުމުގެ ކަމަކަށް. ކީރިތި މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުން އެނގޭ ގޮތުގައި ކޭތަ ހިފުމަކީ ގިޔާމަތްވުން ކައިރިވެއްޖެ ކަމުގެ އަލާމާތެއް. އެއީ ބިރުވެރިކަން ހިމެނޭ ކަމެއް. ކޭތަ ހިފައިފިނަމަ މުސްލިމުންނަށް ކޭތަ ނަމާދު ކުރުމަށް ވަނީ އަންގަވާފަ. ކަންމިހެން އޮތްއިރު މިލާދީނީ ސަރުކާރުން މިކަންވެސް މި ހުއްޓުވާލީ. ކޭތަ ހިފުމަކީ އާދައިގެ ކުޅިމަޖާ ކަމަަކަށް މިހަދާލީ. ކަލޭމެން އެންމެންނަށް ހަލާކުހުރި. ކޭތަ ނަމާދުގެ ބަދަލުގައި ހަވާ އަރުވާލަންވީނު. ހުރި ހަލާކެއްގެ ބޮޑުކަމާއެ. ބާކީ 3 މަސް!!!

    10
  5. ކަރުން

    ނަމާދެއް އޮތިއްޔާ ނުކޮށްވޭތޯ ބަލާތި..

    17
  6. ސޭކިސްޓް

    ޝައްކެއް ނެތި އެނގޭ ގޮތުން ކޭތަ ނަމާދަކީ، ކޭތަ ހިފުމުން ކުރުން ސުންނަތްވެގެންވާ، ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އިރުގައި ނުވަތަ ހަނދުގައި ކޭތައެއް ހިފައިފައި ހުރިކަން ޔަގީންވީއްސުރެ، ކޭތަ ވީއްލައިފުމަށް ދާންދެން، ނުވަތަ ކޭތަ ހިފާފައި ހުރެގެން އޮއްސިއްޖައުމަށް ދާންދެން، ދެމި އޮންނަ ވަގުތުކޮޅު ތެރޭގައި، ކޭތަ ނަމާދު ކުރުމީ ގަދަވެގެންވާ ސުންނަތެކެވެ.

    18
  7. ނަނާ

    ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

    «إِنَّ الشَّمْسَ وَالقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، فَإِذَا رَأَيْتُمُوهُمَا، فَادْعُوا اللَّهَ وَصَلُّوا حَتَّى يَنْجَلِيَ» [رواه البخاري / كتاب: الكسوف / باب: دعاء في الخسوف / رقم: 1060]

    މާނައީ: “ހަމަކަށަވަރުން އިރާއި ހަނދަކީ ﷲ ގެ އާޔަތްތަކުގެ ތެރެއިން ދެއާޔަތެވެ. (އެބަހީ: އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެއްކެވެ.) ކޭތަހިފަނީ މީހަކު މަރުވުމަކުން ނުވަތަ މީހަކު އުފަންވުމަކުން ނޫނެވެ. ފަހެ، ތިޔަބައިމީހުންނަށް ކޭތަ ފެނުމުން، ކޭތަ ވީއްލަންދެން ﷲ އަށް ދުޢާކޮށް، ނަމާދު ކުރާށެވެ.”

    19
  8. ސުލޭމް

    ކޭތަނަމާދު ކުރަންޖެހޭނެ އެބަހީ ކޭތަހިފުމަށްފަހު ދެންވާނެގޮތް އެނގޭނީ އިސްލާމިކު މިނިސްޓަރަށްތޯ ........ވަރަށްދެރަ އަހަރުމެން ރަށްޔަތުން ކޭތަނަމާދު ކުރާނަން އިންޝާ ﷲ.

    16
  9. ޕޮޕީ

    ކޭތަ ހިފާފަ ހުރިތަން ލޮލައް ނުފެންނަ ނަމަ ކޭތަ ނަމާދެއް ނުކުރާނެ. ދެން ބަޔަކު ހިސާބު ތަކެއް ޖަހާފަ ކޭތަ ހިފާނެއޭ ކިޔަސް އެ ނުވާނެ މިތަނަށް ފެންނަ ކަމަކަށް

    3
    6
  10. ކުމުންޒާނި

    ދެން ހަވާތޯ އަރުވަނީ

    13
  11. ޣފފ

    ދެން ހަވާތޯ އަރުވާނީ

    11
  12. ބިރުހުރި

    ބައެއް މިސްކިތްތައް އެހުންނަނީ 1 ސަފު ނޫނީ ދޮޅު ސަފު ފުރިފަ ފަރުލު ނަމާދުތަކުގަ. އަދިވެސް ކޭތަނަަަމާދޭ ކިޔައިގެން މުނާފިގުކަން ދެއްކޭތޯބަލާ.

  13. ލަކީ

    ހެހެ މީ މަބުނާ ވާހަކަ މިހާރު ހުސް ދީނީ ދަންނަބޭކަލުން ތި ކޮމެންޓް ކުރައްވަނީ އެއްކަލަ ސައޫދީ ކޮންމެވެސް ކޮމެޓިއަކުން ކަންޑާލި ދެ ދަންނަ ބޭކަލުން މީ ބޮޑުުުުުުުުުުުުުުުުުުުުުުުުުުުުުުުވަރު

  14. ބުރަހަމް

    މިރާއްޖޭގަ އުޅެއޯ ކަނޑާލި ދެދަންނަބޭކަލުން އެއީކޮންބައެއް އެމީހުންކައިރީ އަހާބަލަ ލާދީނީވީ ކީއްވެތޯ ހަނދުކޭތައާ އަޅައިނުގަނެ.