މަދިރި އަކީ ގިނަ ފަހަރަށް އެންމެންގެ ހިތުގެ އަޑިންވެސް އެ ސޫތްޕެއް ދެކެ އެންމެ ރުޅި އަންނަ އެކައްޗެވެ. އެހެން ދިމާވަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. މަދިރި އަކީ އެކި ކަހަލަ ބަލި ބަލި ފެތުރުމަށް މަޝްހޫރު ސޫތްޕެކެވެ.

މިގޮތުން ރޭގަނޑުގެ އަރާމު ނިދިން މަދިރި ހަފައިގެން ހޭލެވިއްޖެނަމަ އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ އޯޓްމީލް ތަށްޓެއް ކެއުމެވެ. މިގޮތުން އޯޓްމީލްއަކީ އޭގައި ހިމެނޭ ހާއްސަ މާއްދާތަކެއްގެ ސަބަބުން ކެހުން ދަށްކޮށްދޭ އެއްޗެކެވެ. އޯޓްމީލްގައި އެހެނިހެންވެސް ފައިދާ ހުންނަ އިރު ބައެއް ބޭރު ގައުމުތަކުގައި މަދިރީގެ އުނދަގުލުން ސަލާމަތްވުމަށްޓަކައި އޯޓްމީލްއިން ފެންވެސް ވަރައި ހަދައެވެ.

ގަނޑު ފެނަކީވެސް މަދިރި ހެފުމުން ލިބޭ ތުރާލަށް އޮތް ރަނގަޅު ފަރުވާއެކެވެ. މިގޮތުން ގަނޑުފެން ކުދިކޮށްގެން މަދިރި ހެފި ތަނުގައި އެޅުމަކީ އެންމެ ރަނގަޅު ގޮތެވެ. ފިނިކަމުގެ ސަބަބުން މަދިރި ހެފުޅުމަށްފަހު ކުރިމަތިވާ ކަންކަން މަޑު މަޑުން ހުއްޓޭއިރު މިއީ ގިނަ ފަހަރަށް ކުޑަ ވަގުތުކޮޅަކަށް އޮންނަ ހައްލެކެވެ.

މާމުއި އަކީވެސް މަދިރި ހެފުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އޮތް ފަރުވާއެކެވެ. މާމުއިގައި ހިމެނޭ އެންޓި ބެކްޓީރިއަލް އަދި އެންޓި އިންފްލެމެޓަރީ މާއްދާތަކެއްގެ ސަބަބުން މަދިރި ހަފާ ތަންތަން ވަރަށް އަވަހަށް ރަނގަޅުކޮށްދޭ އެއްޗެއްގެ ގޮތުގައި މާމުއި ވަނީ ބެލެވިފައެވެ. މާމުއި އަކީ އެފަދަ ކަންކަމަށް އެތައް ސަތޭކަ އަހަރުތަކެއްވަންދެން ބޭނުންކުރެވެމުން އައި އެއްޗެކެވެ.

މިއީ މަދިރީގެ އުނދަގޫ އަދި މަދިރި ހެފުމުގެ ސަބަބުން ދިމާވާ ތަދުތަކުން ސަލާމަތްވުމަށް ކުރެވިދާނެ ފަސޭހަ ބައެއް ކަންކަމެވެ. ދެން ފަހަރަކުންވެސް މަދިރި ދަތް އަޅައިފިނަމަ މިތަނުން ހައްލެއް ހޯދުން ރަނގަޅެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މަދިރި ހެފީމާ އެނަގާ ދިލަޔާ ތަދަށް ބޭސްކުރުމަށްވުރެ މަދިރި ހެފިޔަ ނުދިނުން މާ ރަނގަޅު.