ގިނަ މައިންބަފައިންގެ ޝަކުވާއެއް އަބަދުވެސް އޮވެއެވެ. އެމީހުންގެ ދަރިން ފޯނަށް މަޝްޢޫލުވެ އުޅޭ ވާހަކައެވެ. އަދި ދަރިން މައިންބަފައިން ގުޅުމުން ނުވަތަ މެސެޖް ކުރުމުން އެމެސެޖްތަކަށް ރިޕްލައި ނުކުރާ ވާހައެކެވެ. މިފަދަ ގޮތަކަށް ކަން ހިނގާނަމަ މިއޮތީ އެކަމަށް ހައްލެވެ.

"ރިޕްލައި އޭސެސްއޭޕީ" ނަމަކަށް ކިޔާ އެޕްލިކޭޝަންއަކީ މިގޮތަށް މައިންބަފައިންގެ މެސެޖްތަކަށް ރިޕްލައި ނުކުރާ މައްސަލަ ދިމާވާ ފަރާތްތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން އުފައްދާފައިވާ އެޕްލިކޭޝަންއެކެވެ. މިއެޕްލިކޭޝަން ފަރުމާކުރި ނިކް ހާބާޓް ބުނެފައިވަނީ މިހެންނެވެ.

މިއެޕްލިކޭޝަން ފޯނަށް އެޅުމަށްފަހު ވަކި ޚާއްސަ ނަންބަރު ތަކަކުން ގުޅުމުން ނުވަތަ މެސެޖް ކުރުމުން އެ މެސެޖް ނުވަތަ ކޯލްއަށް ރިޕްލައި ނުކޮށްފިނަމަ ފޯން އޮޓޯއިން ލޮކް ވެއެވެ. އަދި މިލޮކް ހުޅުވެނީ އެމެސެޖް އަށް ރިޕްލައި ކުރުމުން ނުވަތަ ކޯލް ބެކް ކުރުމުންނެވެ.

2017 ވަނަ އޯގަސްޓް މަހުގެ ތެރޭގައި ތަޢާރަފް ކުރެވުނު އެޕްލިކޭޝަން މިހާތަނަށް 75 ހާސް މީހުނަށްވުރެ ގިނަ މީހުންވަނީ ބޭނުން ކޮށްފައެވެ. އަދި ގިނަ ބޭރުގެ މީޑިޔާތަކުގެ ސަމާލުކަންވެސް މިއެޕްލިކޭޝަން ވަނީ ހޯދާފައެވެ. މި އެޕްލިކޭޝަން އަދި ބޭނުން ކުރެވޭނީ ހަމައެކަނި އެންޑްރޮއިޑް ފޯންތަކަށެވެ. އައިއޯއެސް ވާޝަންއެއް މިއެޕްލިކޭޝަންގެ އަދި ނުނެރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞުހި

    ހަމަ ކުލިއާ ޑާޓާ އަރުވާލީ ނިމުނީ

  2. ބިންމަތި

    އައިފޯންގައި އެކްސެސް ގައިޑް ކިޔާ ފީޗާއެއް އިންނަކަން އެގެނީ ކިތައް ބޭފުޅުންނަށްތޯ. ކުދިން އަތަށް ގޭމް ކުޅެން ނުވަތަ ކަމެއްކުރަން ފޯނު ދޭއިރު އެފީޗާ ބަލާލުން ވަރަށް މުހިއްމު. އަދި އެޑަލްޓް ސައިޓްތަށް ބޮލޮކް ކުރެވެންވެސް އައިފޯން އައިޕެޑްގަ އިންނާނެ.

  3. ސާރާ

    ސަޅި އެކަމް ކުދިން މައިންބަފައިންނާ ގުޅުން ދަމަހައްޓަން ވާނީ ލޯބިން ގަދަކަމުން ނެއްނޫން ޅައިރު ރަނގަޅު ތަރުބިއްޔަތު ދިނުން ވަރަށް މުހިއްމު. އިންޝާﷲ