ޕާކިސްތާނުގައި އަންހެނަކަށް ބަޑިން ބިރުދައްކައިގެން ދެ މީހަކު ވެގެން އޭނާއަތުން ނެގި ފޯނުން ސެލްފީ ނެގުމުގެ ސަބަބުން ދެ މީހުން ފަސޭހައިން ފުލުހުންނަށް ހޯދިއްޖެއެވެ.

ފުލުހުންނަށް އެ ފޯން ގެންދިޔަ މީހުން ހޯދުނީ، އެ ފޯނުން ނަގާ ފޮޓޯތައް ގޫގުލް އެކައުންޓަށް ދާ ގޮތަށް ހަދާފައި އިންނާތި، އެ ފޮޓޯ އެ އަންހެން މީހާގެ ގޫގުލް އެކައުންޓަށް އޮޓޯމެޓިކްކޮށް ވަނީ ގޮސްފައެވެ. އަދި ފުލުހުންނަށް އެ ފޯން ވަގަށް ނެގި މީހުން ޓްރެކް ކުރަން ފަސޭހަވިއެވެ.

މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު އެ އަންހެން މީހާގެ އަތުން ފޯނު ނެގި މައްސަލަ އޭނާ ފުލުހަށް ހުށަހަޅާފައި ވަނީ ދެ ދުވަސް ފަހުންނެވެ. އެ ފޯން ވަގަށް ނެގި މީހުން ހީކުރީ އެ ފޯނުން ސެލްފީއެއް ނަގައިގެން ކަމެއް ނުވާނެ ކަމަށެވެ.

ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ފުލުހުންނާއި، ހަމައަށް އެ ފޮޓޯ ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކުރިއެވެ. އަދި ފުލުހުން އެ މީހުން ހައްޔަރުކުރިިއިރު، ގަވާއިދާއި ހިލާފަށް ގެންގުޅޭ ދެ ހަތިޔާރާއި، ފޯނުވެސް ފުލުހުން ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު