ބަންގްލަދޭޝްގެ ޓްރީމޭން އަދިވެސް ރަނގަޅުނުވެއެވެ. އެތައް އޮޕަރޭޝަނެއް މީގެ ކުރިންވެސް ކޮށްފައިވާ ޓްރީމޭންއަށް ޖެހިފައިވާ އެ ބަލީގެ ސަބަބުން އަދިވެސް އުޅެމުން ދަނީ އާއިލާއާ ވަކިންނެވެ.

ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ އަބްދުލް ބަޖަންދަރު މީގެ ކުރިން އެތައް ފަހަރަކު އޮޕަރޭޝަންކޮށް އެ ބަލިން އޭނާ ސަލާމަތް ކުރެވެތޯ ޑޮކްޓަރުން މަސައްކަތް ކުރިއެވެ. އޭނާއަށް ޖެހިފައިވާ ބަލީގެ ސަބަބުން ކޮންމެ ފަހަރަކު އޮޕަރޭޝަންކޮށް ގަހުގެ ގޮފިގަނޑު ގޮތަށް ހަންގަނޑުގައި އުފެދޭ އެ އެއްޗެހިތައް ނެގި ނަމަވެސް މާގިނަ ދުވަހެއް ނުވަނީސް އަނެއްކާ އެ އެއްޗެހި ފަޅައެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރިންވެސް ބަޖަންދަރުއަށް ޖެހިފައިވާ ބަލީގެ ވާހަކަ ވަރަށް ބޮޑަށް ނޫސްތަކުގައި ދެކެވުނެވެ. އަދި އޭނާއަށް ފަރުވާ ކުރުމަށް ޑާކާ މެޑިކަލް ކޮލެޖު ހޮސްޕިޓަލުން ކެނޑި ނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރު މެއި މަސް ތެރޭގައި އޭނާ ވަނީ އެ ހޮސްޕިޓަލުގެ އެއްވެސް މީހެއް ގާތުގައި ނުބުނެ ފިލާފައެވެ.

އެއިރު އޭނާއަށް އެގޮތަށް ކަންތައް ކުރެވުނީތީ މިހާރު އޭނާ ހިތާމަ ކުރެއެވެ. އަދި އޭނާއަށް ފަރުވާދޭން އަލުން ޑޮކްޓަރުން ފަށާނެ ކަމަށް އުއްމީދު ކުރާކަމަށް ބަޖަންދަރު މި ވަނީ ބުނެފައެވެ.

އޭނާ އެ ބަލިން ސަލާމަތް ކުރުމަށް އަނެއްކާވެސް ޖެހޭނީ ގިނަ އޮޕަރޭޝަންތަކެއް ކުރާށެވެ. އެކަން ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ބަޖަންދަރުއަކީ ބަންގްލަދޭޝްގައި އެ ބަލި ޖެހުނު ހަމައެކަނި މީހާއެއް ނޫނެވެ. އެ ބަލި ޖެހިގެން އަންހެން ކުއްޖަކަށްވެސް ފަރުވާދިނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކ

    މާތްﷲ ޝިފާދެއްވަވާށި އާމީން

  2. ދ

    އާމީން

  3. Anonymous

    މާތްﷲ ޝިފާދެއްވަވާށި އާމީން