އަޅުގަނޑުމެންގެ ތެރޭގައި އެކިކަންކަމަށް އެލާޖިކްވާ އެތައް ބަޔަކު އުޅެމުންދެއެވެ. ތިމާވެށީގެ ތެރެއިން ފެންނަ ވަރަށް އާއްމު އެއްޗެއްސަށާއި، ވަރަށް ގިނައިން ކައި އުޅޭ ބާވަތްތަކަށް އެލާޖިވާ މީހުން އުޅެއެވެ. އެހެންނަމަވެސް، ދުވަހަކުވެސް ފިންޏަށް އެލާޖިކުވެ، އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ މީހެއްގެ އަޑުއެހިންތޯއެވެ؟

އުމުރުން 23 އަހަރުގެ މެކްސް ފިޝަރ އަކީ ފިންޏަށް އެލާޖިކުވާ މީހެކެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ އެލާޖިކެއްކަމަށްވާއިރު، ކިރިޔާ ފިނިހޫނުމިން ދަށްވިކަމުގައިވިޔަސް ނުވަތަ ފިނި ބުއިމެއް ބޮއެފިކަމުގައިވިޔަސް އޭނާގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރުން ބުނެއެވެ.

އިނގިރޭސިވިލާތުގެ ނޮޓިންގަމުގައި އެމީހާ އުޅޭއިރު، މި އެލާޖީގެ ސަބަބުން އޭނާގެ މޫނުމަތީގައި ރަތްކުލައިގެ ބިހިތަކެއް ނަގާފައ ހުރެއެވެ. ފިނިހޫނުމިން ދަށްވާނަމަ، ރައްކާތެރިވުމަށް މި ބިހިތައް ފޮރުވަން ޖެހޭނެއެވެ.

އެޤައުމުގެ އެންއެޗްއެސް އިން ބުނާ ގޮތުގައި އުރިޓަކިރިޔާ ނަމަކަށް ކިޔާ މި ޙާލަތީ ކޮންމެ ފަސް މީހަކުން އެކަކަށް ދިމާވާނެ ކަމެކެވެ. އެހެންނަމަވެސް، އެމިންވަރަށް މިކަން ކުރިމަތިވެގެން މީހުން ރިކޯޑު ކޮށްފައިވާކަމަށްވެސްވެއެވެ.

މިކަމުގެ ސަބަބުން އިތުރު އެހެންވެސް ޞިއްޙީ މައްސަލަތައް އޭނާއަށް ވަނީ ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު