ފަހަކަށް އައިސް ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ މަަސްތުވާތަކެތީގެ ވިޔަފާރިވެރިޔާ އެލްޗަޕޯ ގުޒަމަން އަކީ މުޅި ދުނިޔެއަށް ހުރި ނުރައްކަލެއް ކަމަށް އެތައް ބަޔަކު ގަބޫލު ކުރި ނަމަވެސް އެކަންކަމާއި ދެކޮޅަށް އޭނާގެ އަނބިމީހާ ވާހަކަ ދައްކައިފިއެވެ.

އެލްޗަޕޯގެ މައްޗަށް އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތަކަށް އިޝާރާތްކޮށް އެލްޗަޕޯގެ އަނބިމީހާ އެމާ ކޮރޮނެލް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ހަޤީޤަތް ބަދަލު ނުވާނެ ކަމަށެވެ.

"އަހަރެންގެ ފިރިމީހާ އަކީ ވަރަށް ރަނގަޅު ބައްޕައެއް. ވަރަށް ރަނގަޅު ރަހުމަތްތެރިއެއް، ވަރަށް ރަނގަޅު ބޭބެ އެއް، ވަރަށް ރަނގަޅު ދަރިއެއް، ވަރަށް ރަނގަޅު ހަޔާތުގެ ބައިވެރިއެއް. ހުރިހާ ގޮތަކުން ވެސް އެއީ ބަރާބަރު މީހެއް." އެމާ ބުންޏެވެ.

މެކްސިކޯގެ ސިނަލޯއާ ކާޓެލްގެ ލީޑަރު ކަމަށްވާ އުމުރުން 69 އަހަރުގެ އެލްޗަޕޯ އާއި އުމުރުން 29 އަހަރުގެ އެމާ އަށް އެއްމާބަނޑު ދެއަންހެން ކުދިން ލިބިފައިވެއެވެ. އެލްޗަޕޯ އެންމެ ފަހުން ކައިވެނި ކުރީ އެމާ އާއި އެވެ.

ދެތިން މަސް ދުވަހަށް ދެމިގެން ދިޔަ ޝަރީޢަތައް ފަހު މިހާރު ކޯޓުން ތައްޔާރުވަމުން ދަނީ އެލްޗަޕޯގެ މައްޗަށް ދައުވާތައް ސާބިތުވޭތޯ ގޮތެއް ނިންމުމަށެވެ.

އެލްޗަޕޯގެ ޤާނޫނީ ވަކީލުން ވަނީ ސިނަލޯއާ ކާޓެލް އިން އެތައް ޖަރީމާއެއް ހިންގާފައި ވާކަމަށް އެއްބަސް ވެފައެވެ. ނަމަވެސް ވަކީލުން ކޯޓުގައި ބުނީ އެއީ އެލްޗަޕޯގެ އަމުރަށް ކޮށްފައިވާ ކަންތައްތަކެއް ނޫން ކަމަށެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން މެކްސިކޯ ޖަލުގައި ހައްޔަރު ކޮށްފައި ހުއްޓާ އެލްޗަޕޯ ވަނީ ފިލާފައެވެ. އެހެންކަމުން އެންމެ ފަހުން އޭނާ ހައްޔަރު ކުރެވުމުން މެކްސިކޯ އިން ވަނީ އޭނާ އެމެރިކާ އާއި ހަވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަލީމް

    މި ރާއޖޭގައި އުޅޭ ނަޝްވާ ކިޔާ އަންހެނެއް. ޢަލްޕާޗޯގެ ފައިސާގެ ދަވައިގައި އުޅޭ ގޮތައް އަދީބުގެ ވަަގު ފައިސާގެ ބާރުގައި

    • ނަސީމު

      އެހެންތޭ؟

  2. ވާނުވާ

    އަދީބުގެ އަންނހުންވެސް ބުނޭ އޭނަ ރަނގަޅު ވާހަކަ

  3. ?

    .އަދީބު އެންޑް ނަޝްވާ?

  4. ހުސޭނުބޭ

    ތީ މީހަކު އަޖާބުވާންޖެހޭ ކަމެއްނޫން! ކިތަންމެ ބޮޑު ކުށްވެރިއެއްވެސް ފިރިއެއްގެގޮތުގައި ވަރަށް އޯގާތެރިވެފައި ރަގަޅުވެދާނެ! ބަލާލަބަލަ އަހަރެމެންގެ ފިނިހަކަ 30 އަހަރުގެ ބާނީ! އެންމެ ފަހަރަކުވެސް ނަސްރީނާ ބުނިތަ މައުމޫނާ ދިމާލަށް ޑިކްޓޭޓަރެކޭ! ގަރާޖުތެރޭ ނިދަން ޖެހުނަސް ނުލާހިކު ހެޔޮ!

  5. ޖޮއްބެ

    އަދީބު ކާރާ ސައިކަލާ ގަނެދީ ގެދޮރު ހަދާދިން މީހުން އެބަތިބި. އެމީހުނަށް އަދީބު ވަރަށް މާތްވެފައި ރަގަޅު ވާނެ ދެއްތޯ؟