ޓީޗަރުން ގޭގައި ފިލާވަޅު ހަދަން ދޭތީ އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވާ ކުދިން އުޅެއެވެ. މިއީ ހުރިހާ ކުދިންގެ ގޮތެއް ނޫނެވެ. ބައެއް ކުދިން ޓީޗަރުން ގޭގައި ފިލާވަޅު ހަދަން ނުދޭތީ ޝަކުވާ ކުރެއެވެ.

ދާދި ފަހުން މީސް މީޑިއާގައި ދައުރުވި ޕޯސްޓެއްގައި ފެންނަނީ ކެލިފޯނިއާއަށް ނިސްބަތްވާ ސްކޫލް ކުއްޖަކު ޓީޗަރުން ގޭގައި ފިލާވަޅު ހަދަން ދިނުމުން، އެ މަސައްކަތް ނުކޮށް ސްކޫލަށް އައި ސަބަބު ލިޔެފައިވާތަނެވެ. އެ ނޯޓު އޭނާ ޓީޗަރާއި ހަވާލުކުރިއެވެ. އެ ނޯޓު އެ ކުއްޖާގެ މައިންބަފައިންނަށްވެސް ޓީޗަރު ވަނީ މެއިލްކޮށްފައެވެ.

އެ ނޯޓު ޓްވިޓާއަށްލީ، އެ ކުއްޖާގެ އާއިލާ މީހެކެވެ.

އޭނާ މީސް މީޑިއާއަށް އެ ޕޯސްޓްލުމަށްފަހު ލިޔެފައިވަނީ، އޭނާގެ އާއިލާ ކުއްޖަކު ފިލާވަޅު ނަހަދާ ސްކޫލަށް ދިއުމުން ޓީޗަރު އޭނާ ކައިރިން އެދުނީ، އެ ފިލާވަޅު ނަހަދާ ދިޔަ ސަބަބު ބަޔާންކޮށް ނޯޓެއް ލިޔުމަށެވެ. އޭނާ ލިޔުނު އެ ނޯޓަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެ ނޯޓުގައި އެ ކުއްޖާ ވަނީ ވީކެންޑްގައި ގޭގައި ފިލާވަޅު ހަދަން ދޭތީ އެކަމާއި ކަންބޮޑުވާކަމަށް ބުނެފައެވެ. އަދި އޭނާ އެ ފިލާވަޅު ނެހެދީ ބަންދު ދުވަސްތަކަކީ ރައްޓެހިންނާއެކު ކުޅެން ގޮސް، ސްޓްރެސް ފްރީކޮށް އުޅެން ޖެހޭ ދުވަސްކޮޅަކަަށް ވާތީކަމަށެވެ. އަދި ފިލާވަޅު ދޭތީ އޭނާ ވަރަށް ހިތްހަމަނުޖެހޭކަމަށްވެސް ބުނެފައި ވެއެވެ.

އެޑީ ނަމަކަށް ކިޔާ އެ ފިރިހެން ކުއްޖާގެ އެ ނޯޓު މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެކަމާ ގިނަ ބަޔަކު ވަނީ ވާހަކަވެސް ދައްކާފައެވެ.އަދި މިއީ ބައެއް މީހުން ބޭނުންވާ ގޮތްކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު