ދުނިޔޭގައި އަބަދުވެސް ތަފާތު ކަންކަމުން މީހުން މަޝްހޫރުކަން ހޯދައެވެ. މީސް މީޑިއާއަކީ މިހާރު އެކަމަށް އެންމެ އާންމު ވަސީލަތެވެ. އެއީ އެންމެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމަށްވާ އިރު، އެންމެ އަވަހަށް މީހުންގެ "އެޓެންޝަން" ދަމައިގަނެވޭނެ ޕްލެޓްފޯމަކީވެސް އެއީއެވެ. ކަމެއް ކޮށްފައި ނަގާ ފޮޓޯއެއް ނޫނީ ވީޑިއޯއެއްވެސް އެންމެ އަވަހަށް މަޝްހޫރު ވާނީ މީސް މީޑިއާއަށް ދޫކޮށްލުމުންނެވެ.

މީސް މީޑިއާ ތެރެއިން ތަފާތު ޓްރެންޑުތައް އާންމުވަމުން އަންނަ އިރު، މިއީ ވަރަށް ތަފާތު ޓެރެންޑެކެވެ. އާންމުކޮށް ދަތުރު ކުރާ މީހުން ފްލައިޓްގެ ކުޑަދޮރުން ރީތި ފޮޓޯ ނަގާ އިންސްޓާގްރާމަށް ލާ އިރު، މިފަހަރު އެގޮތަށް ފޮޓޯ ނަގަނީ ގޭތެރޭގެ ސާމާނު ބޭނުން ކޮށްގެންނެވެ. އެކަމަކު ފޮޓޯއަށް ބަލާ އިރު، އެއީ ޓޮއިލެޓް ޕޭޕާ ރޯލެއް ނޫނީ ފާހާނާ ތަށީގެ މަތިގަނޑުން ނަގާފައިވާ ފޮޓޯއެއް ކަމެއް ނޭނގެއެވެ.

އެ ފޮޓޯތަކުގެ ތަފާތަކީވެސް މިއެވެ. އަސްލު ދަތުރުކުރަނީ ކަމެއް، ގޭގައި އޮތީ ކަމެއް ފޮޓޯއިން ނޭނގުމެވެ. ޗައިނާގައި ހާއްސަ ޗެލެންޖެއް ގޮތުގައި އެކަން ކުރިއަށްދާ އިރު، ދޮންނަ ކުނޑި ފުޅީގެ އިތުރުން ގޮނޑިންވެސް މީހުން އެ ޗެލެންޖު ދަނީ ފުރިހަމަ ކުރަމުންނެވެ.

އެ ޗެލެންޖު ޗައިނާގައި މަޝްހޫރުވީ އަމިއްލަ ފައިސާއިން ދަތުރު ނުކުރެވޭ މީހުންނަށް ހާއްސަ ޗެލެންޖެއްގެ ގޮތުގައެވެ. މިއީވެސް އިންސްޓްގްރާމްގައި މުއްސަނދިންގެ ގޮތުގައި ދެއްކެން ބޭނުން މީހުންނަށް އާ ޓްރެންޑެކެވެ.

ކިޔުންތެރިންގެ ހިޔާލު