ނަރުސް ކަމުގެ ވަޒީފާއަކީ ވަގުތު ހޭދަވާ ބުރަ މަސައްކަތެކެވެ. ހާއްސަކޮށް އެކަމަކަކީ އެތައް ބައެއްގެ ޝަކުވާތަކެއް އަޑުއަހަން ޖެހޭނެވެސް ކަމެކެވެ. އެއް ވޯޑެއްގައި ހުންނަ ނަރުހެއް އަނެއް ވޯޑަށް ބަދަލުވާންވެސް ގިނަ ފަހަރު ބޭނުންވެއެވެ.

މިފަހަރުވެސް ދިމާވީ އެފަދަ ކަމެކެވެ. އިޓަލީގެ ވެޗިއޯ ޕެލެގްރީނީ ހޮސްޕިޓަލްގައި މަސައްކަތް ކުރި ނަރުހަކު ޑިއުޓީ ބަދަލުކޮށްދޭން އެތަކެއް ފަހަރަކު އެދުނު ނަމަވެސް އެ ހޮސްޕިޓަލުން އިޖާބަ ދީފައެއް ނުވެއެވެ. ދާދިފަހުން ހޮސްޕިޓަލްގެ އެކްސިޑެންޓް އަދި އެމަޖެންސީ ވޯޑު ތެރެއަށް ކުރަފިތަކެއް ދޫވި މައްސަލަ ތަހުގީގު ކުރި ފުލުހުން ބުނެފައި ވަނީ ހިތްހަމަ ނުޖެހުނު ނަރުސް ކަމަށެވެ.

އަދި ފުލުހުންނަށްފަހު އެކަން ބެލި ހޮސްޕިޓަލްގެ ޑިރެކްޓަރުވެސް ވަނީ އެ ކުރަފިތައް ދޫކޮށްލީ ޝިފްޓް ބަދަލުކުރަން އެދުނު ނަރުސްކަން ޔަގީން ކޮށްދީފައެވެ.

ހޮސްޕިޓަލެއްގައި އެތައް ބަލިމީހުނެއް އެނދުމަތިކޮށްފައި ވަނިކޮށް އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގި މީހާ ހައްޔަރުކުރުމަށް ބައެއް ފަރާތްތަކުން ގޮވަމުންދާ އިރު، ފުލުހުން އެ މައްސަލަ ބަލާނެ ކަަމަށް ބުނެފައިވެއެވެ. އަދި އެ މީހާއާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު