ގަދީމީ ގިނަ ތަންތަނެއް އެކުލެވޭ އަޔަލޭންޑްގެ ރަށެއް ކަމަށްވާ އާޑޮއިލިއަން ކިޔާ ރަށެއް ވިއްކާލުމަށް އިއުލާން ކޮށްފިއެވެ.

އެރަށް ވިއްކާލުމަށް ޖަހާފައި ވަނީ 1.4 މިލިއަން ޑޮލަރުގެ އަގެއްގައެވެ. 80 އޭކަރުގެ އެރަށަކީ މޫދުގެ މައްޗަށް 206 ފޫޓު ހުންނަ އުސް ރަށެކެވެ. އެރަށުގައި އެތަކެއް ރީތިކަމެއް އެކުލެވޭ އިރު، ރަށުގައި ދޫނި ގިނަކަން ފާހަގަވެއެވެ. އެގޮތުން ބޮޑެތި ދޫނިތައް އުޅޭ ކަމަށް ބެލެވޭ އިރު، ހަތްވަނަ ގަރުނުގައި އުޅުނު ބަޔަކު ވަނީ އެ ރަށުގައި ގަލުން ބައެއް ބިނާތައް ހަދާފައެވެ.

ސައިންޓިސްޓުން ލަފާ ކޮށްފައި ވަނީ އެ ރަށުގައި މީހުން އުޅެފައި ވަނީ 3000 ވަރަކަށް އަހަރު ކުރިންނެވެ.

"ސެޕެންސާ އޮކްޝަނާސް" ގައި އެރަށުގެ ވެރި މީހާ ވިއްކާލަން ޖަހާފައިވާ އިރު، އެރަށުގައި ހުރި ހަމައެކަނި ގެއަކީ ކަރަންޓާއި ފެންވެސް ނުލިބޭ ތަނެކެވެ.

އާންމުކޮށް 1.4 މިލިއަން ޑޮލަރު ފަދަ ހެޔޮ އަގުތަކެއްގައި ރަށްރަށް ވިއްކާ ނުލާނެއެވެ. އެންމެފަހުންވެސް އެތާ ކައިރީ އޮތް އެހެން ރަށެއް ވިއްކާލާފައި ވަނީ 85 މިލިއަން ޕައުންޑަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުއްލާއުމަރު

    ކޮބާ ނަޝީދު؟ އަވަހަށް ތިޔަރަށް ގަނެފަ ޖަޒީރާރާއްޖެ ކިޔާފަ ވެރިކަމާ ހަވާލުވޭ.

    3
    2
  2. ޜައްޔާން

    ތިޔައީ ސުއްލާ އުމަރު ދޯ... މާވެގަނެގެން ތިޔަ އުޅެނީ..????????????????

    1
    3