ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަކްޝޭ ކުމާރު ހޮރޯ ކޮމެޑީ ފިލްމަކަށް ސޮއި ކުރި ކަމަށް އިންޑިއާ ނޫސްތަކުން ބުނެފިއެވެ.

އަކްޗޭ ސޮއި ކުރި ކަމަށް ބުނާ ފިލްމަކީ "ލަކްޝްމީ"ކިޔާ ފިލްމެކެވެ. މި ފިލްމުން އެކްޓަރު ތުޝާރު ކަޕޫރާއި ޝަބީނާ ހާން ފެނިގެނަދާނެ އެވެ. އަދި މި ޑައިރެކްޓް ކުރާނީ ރަގަވާ ލޯރެންސް އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި "ލަކްޝްމީ"ގެ ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނީ 2013 މިސް އިންޑިއާގެ މަގާމު ލިބުނު ސޮބީތާ ދުލިޕާލާ އެވެ. އޭނާ ވަނީ ބޮލީވުޑްގައި މީގެ ކުރިން ވެސް މަދު މަދުން ނަމަވެސް މަސައްކަތް ކޮށްފައެވެ.

"ލަކްޝްމީ" އާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މީޑިއާތަކާ ހިއްސާ ކޮށްފައެއް ނުވެއެވެ. އެހެނަ ކަމުން މި ފިލްމު ނެރޭ ވަކި ތާރީހެއް ވެސް ނޭންގެއެވެ.

ސޮބީތާ އެންމެ ފަހުން ފެނިގެންދިޔައީ ސައިފް އަލީ ހާން އާއެކު މިދިޔަ އަހަރު ނެރުނު "ކާލަކާންޑީ" އިންނެވެ. ރޯލެއް ޒޯޔާ އަހްތަރާއި ރީމާ ކަތުގީ ގެ ކުރިއަށް އޮތް ފިލްމު "މޭޑް އިން ހެވެން" އިން ސޮބީތާ ފެނިގެން ދާނެ ކަމަށް އިންޑިއާގެ މޑިއާ ރިޕޯޓް ތަކުން ބުނެއެވެ.

އަކްޝޭގެ އެންމެ އަވަހަށް ރިލީޒް ވާނެ ފިލްމަކީ މި މަހުގެ 21 ގައި ރިލީޒްކުރާ "ކޭސަރީ" އެވެ. މިއަހަރު އަކްޝޭގެ ގިނަ ފިލްމުތަކެއް ނެރެން އެބަހުއްޓެވެ.