ތައިލެންޑްގެ މަލްޓި މިލިއަނަރެއް ކަމަށްވާ އުމުރުން 58 އަހަރުގެ އާނޮން ރޮތޮންގް އޭނާގެ 26 އަހަރުގެ އަންހެން ދަރިފުޅާއި ކައިވެނި ކުރާނެ ފިރިހެނަކު ހޯދަން ވަރަށް ތަފާތު އިއުލާނެއް ކޮށްފިއެވެ.

އާނޮން ބުނާ ގޮތުގައި އޭނާގެ އަންހެން ދަރިފުޅާއި ކައިވެނި ކުރާ ފިރިހެނަކަށް 10 މިލިއަން ތައިލެންޑް ބާތް (ދިވެހި ރުފިޔާ އިން ބަލާނަމަ 4.8 މިލިއަން ރުފިޔާ) ލިބޭނެއެވެ. އަދި އޭނާގެ ކުންފުނި ހިންގުން ވެސް ދަނބިދަރިފުޅާއި ހަވާލު ކުރާނެ ކަމަށް އާނޮން ބުނެއެވެ.

އާނޮންގެ އަންހެން ދަރިފުޅަކީ ތައިލެންޑްގެ ބަހުގެ އިތުރުން ފަސޭހަކަމާއި އެކު އިނގިރޭސި އާއި ޗައިނާ ބަހުން ވެސް ވާހަކަދައްކާ ޒުވާނެކެވެ.

އާނޮންގެ ދަރިފުޅާއި ކައިވެނި ކުރާ ފިރިހެނަކަށް ގިނަ އަދަދެއްގެ ފައިސާ ދޭން އޭނާ ނިންމާފައި ވަނީ ތައިލެންޑްގެ އާދަކާދައިގެ މަތިން ބައެއް ފަހަރު އަންހެން ކުއްޖާ އަށް ގިނަ އަދަދެއްގެ ފައިސާ ކައިވެންޏާއި ގުޅިގެން ލިބޭނީ އެ އާދަކާދަ ބަދަލު ކުރުމުގެ ގޮތުންނެވެ.

އާނޮންގެ ދަރިފުޅާއި ކައިވެނި ކުރަން ބޭނުންވާ މީހަކަށް އެފުރުސަތު ދެނީ އޭނާގެ ފެންވަރު ބެލުމަށް ފަހު އެވެ. އާނޮން ބުނާ ގޮތުގައި އޭނާގެ ދަނބިދަރިފުޅު ވާން ޖެހޭނީ ވަރަށް ބުރަކޮށް ކެރިގެން މަަސައްކަތް ކުރާ މީހަކަށެވެ. އަދި އޭނާގެ ދަރިފުޅު ކަނިސްތާ އުފަލުގައި ގެންގުޅެވޭނެ މީހަކަށެވެ.

"އަހަރެންގެ ދަރިފުޅު އުފަލުގައި ބަހައްޓާ އަހަރެންގެ ވިޔަފާރި ރަނގަޅަށް ހިންގޭނެ މީހަކަށް އޭނާ ވާން ޖެހޭނެ. އޭނާ އަކީ ޑިގްރީއެއް، ނުވަތަ މާސްޓާސްއެއް އޮތް މީހަކަށް ކޮންމެހެން ވާކަށް ނުޖެހޭ." އާނޮން ބުންޏެވެ.

އާނޮންގެ އަންހެން ދަރިފުޅާއި ކައިވެނި ކުރަން ބޭނުންވާ މީހުން ކައިވެންޏަށް އެދި ހުށަހަޅާނެ ގޮތެއް އިއުލާނުގައި ނެތެވެ. ނަމަވެސް މީޑިއާ އަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވަނީ އޭނާ އަކީ މަޝްހޫރު ވިޔަފާރިވެރިއެއް ކަމުން އޭނާގެ އޮފީސް ހޯދުމަކީ މާބޮޑު ކަމަކަށް ނުވާނެކަމަށާއި އޭނާގެ އޮފީހަށް ގޮސް ބައްދަލު ކުރުމުން ދެން ކައިވެނީގެ ކަންތައްތަކުގައި ކުރިއަށް ދާންވީ ގޮތް ބުނެދޭނެ ކަމަށެވެ.

އަނޮންގެ ދަރިފުޅާއި ކައިވެނި ކުރަން ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އައްޕެ

    ކަމަނާ އާއި ކައިވެނި ކުރަން ތައްޔާރު. އެކަމް އަޅުގަނޑުގެ ސަރުތެއް އެބަ އޮތް. އިސްލާމް ދީން ގަބޫލުކޮށް ކަމަނާގެ އައުރަ ނިވާކުރަންވާނެ.

    42
    6
  2. ޖޮއްބެ

    ކޮބާ ސަންޓްރެވަލް ތިޔަކަމަކާ ނޫޅޭބާ؟ ނޫނިއްޔާ ބުރުމާ ވެސް އެހެރީނު؟

    52
    2
  3. އިންސާނާ

    މިކަމައް އެދިގެން މިއޮފީހައްދާން މިރާއްްޖެއިން ކިތައްމީހުން މިހާރުފުރައިފިތޯ

    43
  4. ބަކުރުބެ

    ތި އަންހެއް ކުއްޖާއަކީ ލޭޑީބޯއީއެއް ހެން ހާދަހީވެޔޭ، މަވާސަލާން، ގައިކޮޅު ގައިދުރު،

    16
    4
    • #

      އެހާ ޕްލާސްޓިކް ވައްތަރެއް ނުޖަހާ.

  5. ސަނަާ

    ހެޔޮކޮށް ވެއްޖިއްޔާ ތިވާނީ ކޮންމެވެސް ބޯހަމަ ނުޖެހޭ އެކަހަލަ ކަމެއް ހުރި މަންޖެއަކަށް. އިންނަ ފަހުން ތޯއްޗެ އިނގޭނީވެސް. އެހެން ނޫންނަމަ ބައްޕައަކު އެހާ ޒުވާން ކުއްޖަކު އަމިއްލައަށް އިންނާނެ މީހަކު ހޯދެން އޮއްވާ އެހާ ބޮޑު އަގެއް ދީގެން އެކަމަކާ ނޫޅޭނެ. މިކަހަލަ ކަމަކާ ޝައްކު ހަމަ.

    25
    3
  6. ބިލާލް

    އަޅުގަނޑު ތައްޔާރު. އަވަށް އަދޭ.

    9
    1
  7. ސޯދުބެ

    އަޅުގަނޑުގެ ރައްޓެއްސެއް ކަމައްވާ އަހުމަދު ބިލާލް ތިޔައް ކުރިމަތިލާން ބޭނުންވޭ.

    10
  8. އަތޮޅޭ

    މަމިހުރީ ތިޔަ މަންޖެއާ އިންނަން ތައްޔާރަށް، ވަރިހަމަ އެމަންޖެ ބޯހަމަނުޖެހޭ ގަމާރަކަސް، އެއްފައިނެތަސް މަގޭތައްޔާރު، ތިޔަ ބުނާ ބޯހަމަޖެހޭ އަންހެނުންނާއި އިނދެގެން އަހަރުން ބޯހަލާކުވަނީ، މިމަންޖެއާ އިނދެގެން މަށަށް ޓައީ ބައްދައިގެން ބަފާބެގެ އޮފީހުގައި އިނދެވޭނެއްނު

    22
    2
  9. ޢަލީ ދާއިސް

    ތިޔައީ ބެންކޮކްގަ ހަށިވިއްކަން އުޅޭ ކޫޑިއެއް.... ހަށިވިއްކާ ވަރުން ބައްޕައަށް އޮބިނޯވެގެން ކޮންމެވެސް މީހަކު ބޮލުގަ އަޅުވާލަން އުޅުމާ ވައްތަރީ... ބަލާލަ މުޑުދާރު އިން ވައްތަރު، ރީތި ސިފައެއް ހުރިނަމަވެސް ރަނގަޅު.. އެއްގޮތަކައްވެސް ކަމަކު ނުދޭ.. ތި ހުށަހެޅި ވަރުގެ 10 ގުނަ ދިނަސް ތިޔަ ލުއްޗާއާއި ކައިވެނިކުރަން އަހަރެން ބޭނުމެއް ނޫން..

    5
    18
  10. ޝިފުޒާގެ ފިރި

    މަ އަންހެނުން އޯކޭ ވެއްޖެއްޔާ މަހަމަ ރެޑީގަ މިހުރީ

  11. މޯދީ

    ނުގަނެވޭނެ މަށެއް. ކިތަންމެ ފައިސާއެއް އޮތަސް ހެޔޮ. ތިކަން ކޮށްފިއްޔާ މަ ޖެހޭނީ ސައިޒުވެގެން އުޅެން، ބަފާބެގެ ފައިގަ ދޫހާކަން.