ޗައިނާގެ މަގުމަތީގައި ބަހައްޓާފައި ހުރި އޭޓީއެމްއެއްގައި މައްސަލަ ޖެހި ފައިސާތައް ބިންމައްޗަށް ވެރިފައި ހުއްޓާ ދެ މީހަކު އައިސް ފައިސާތައް ނަގައިގެން ފިލައިފިއެވެ.

މިދިޔަ މާޗް މަހުގެ ހަ ވަނަ ދުވަހު ނިިންގބޯ ސިޓީގައި މިގޮތަށްވިއިރު، މިއީ އާއްމުކޮށް ނުވާ ކަމަށެވެ. އޭޓީއެމްއަށް ފައިސާ ނަގާ ތަނުން ގިނަ ފައިސާތަކެއް ފޭބިއިރު، އެ ވަގަށް ގެންގޮސްފައި ވަނީ މަގުމަތިން ހިނގާފައި ދިޔަ ދެ މީހެކެވެ.

އެ އޭޓީއެމް އިން 3000 ޔުއާން ބިންމައްޗަށް ވެރުނެވެ. އެއީ ގާތްގަނޑަކަށް 500 ޑޮލަރެވެ. އެ ފައިސާތައް ދެ މީހަކު ނެގިއިރު، އެ މީހުން ވަރަށް ރަނގަޅަށް ވަނީ ސީސީޓީވީ ކެމެެރާއަށް އަރާފައެވެ.

އެމީހުން ސީދާ ކެމެރާއަށް ބަލާފައި ނުވިނަމަވެސް، ފުލުހުން ވަނީ އެ މީހުން ހޯދާފައެވެ. އަދި އެ މީހުންނަށް ވަނީ އަނބުރާ ފައިސާ ހަވާލުކުރުމަށް އަންގާފައެވެ.

އެ ހާދިސާގެ ސީސީޓީވީ ފޫޓޭޖެއް މިހާރު މީސް މީޑިޔާގައި ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޮޅާބޯ

    ފައިސާ ބިންމައްޗަށް ވެރުނީޔޭ !! ޕިސް ޕިސް

  2. ގޯނި

    ބިލިޔަން މީހުން އުޅޭ އެގައުމުގަ (އަދި މުޅިންވެސް އެއްވައްތަރެއް ހުންނަ ފޭސް) ރިކޮގްނައިޒް ކުރާލެއް އަވަސްކަންދޯ؟

  3. ޢައިޝާ

    އަޅެ މަމެންގެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ވާހަކަ ލިޔުނުނަމަ