ކައިލޭ ޖެނާއަކީ އިންޓަނެޓްގެ އެންމެ މަޝްހޫރު ސެންސޭޝަންއެވެ. އޭނާގެ ވާހަތައް އަބަދުހެން މުޅި އިންޓަނެޓްގައި ދެކެވެމުންދެއެވެ. އެންމެ ފަހުން މަޝްހޫރުވި ވާހަކައަކީ އުމުރުން 21 އަހަރުގައި ބިލިއަނަރަކަށްވި ވާހަކައެވެ. އެވާހަކައާއެކު ކައިލީ ވަނީ ހާއްސަ މަގާމެއްވެސް ހޯދާފަައެވެ. އުމުރުން 21 އަހަރުގައި އޭނާ ބިލިއަނަރަކަށްވި އިރު، ކައިލީއަކީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރެވެ.

މީގެ ކުރިން އެ ރެކޯޑު އޮތީ 23 އަހަރުގައި ބިލިއަނަރަކަށްވި މާކް ޒުކަބާގު އަތުގައެވެ. އެހެން ނަމަވެސް ކައިލީ ވަނީ، އަމިއްލަ ކޮސްމެޓިކްސް ބްރޭންޑުން ހޯދި މުއްސަނދި ކަމާއެކު ފޭސްބުކް ވެރިޔާގެ މަގާމު ވައްޓާލާފައެވެ.

ކައިލީގެ އިންސްޓާގްރާމަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް އިންސްޓާގްރާމަށްވާ އިރު، އޭނާގެ އިންސްޓާގްރާމްގައި އެންމެ ގިނައިން ޝެއާ ކުރާ އެކައްޗަކީ ކާރު ކަލެކްޝަނެވެ. މިހާތަނަށް އޭނާ ޝެއާކުރި ފޮޓޯތަކުގައިވާ ގޮތުން، ޔަގީނުންވެސް ކައިލީ އަތުގައި ލަމްބޯގީނީ އަވެންޓާޑޯ، ފެރާރީ ސްޕައިޑާސް، ވިންޓޭޖު ރޯލްސް ރޯއީ، މޭސެޑޭސް ޖީ ވޭގަން، އަދި ލޭންޑް ރޯވާއެއް އެބައޮތެވެ.

ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ކާރުތައް އޭނާގެ އަތުގައި އޮތް އިރު، ކައިލީއަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި، އޭނާއަކީ ޓީނޭޖު އުމުރުގެ އަންހެން ކުދިންނަށް ހުރި ނުބައި މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލު