އުމުރުން އެންމެ ފަސް އަހަރުގެ ކުއްޖަކު ކޯރަކަށް ވެއްޓި ގެނބުނު ހާދިސާއަކަށް ފަހު އާދަޔާއި ހިލާފު ގޮތަކަށް އޭނާގެ ފުރާނަ ސަލާމަތް ވެއްޖެއެވެ.

ޗައިނާއަށް އުފަން ލިން ލިން އޭނާގެ ގޭގެ ކައިރީގައި އޮންނަ ކޯރަކަށް ވެއްޓުނީ މިމަހުގެ 02 ވަނަ ދުވަހު އެވެ. ކޯރަށް ވެއްޓި ގެނބިފައި އޮއްވާ ފެނިގެން ލިން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭރު އޭނާގެ ހިތް އޮތީ ހުއްޓިފައެވެ.

ހިތް ހުއްޓިފައި އޮތް މީހެއްގެ ފުރާނަ ސަލާމަތް ވުން އެއީ ނާދިރު ކަމެއް ނަމަވެސް ލިން އަށް ފަރުވާ ދިން ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާނުލާ، ފަރުވާގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލިންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ޑޮކްޓަރުންނަށް ލިބުނީ މެދުނުކެނޑި ދެގަޑިއިރު ވަންދެން ކުރި މަސައްކަތުންނެވެ.

ހޮސްޕިޓަލްގެ އައިސީޔޫގައި ދިހަ ދުވަސް ވަންދެން ފަރުވާ ދިންފަހުން މިހާރު ލިންގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

ލިންގެ އާއިލާ އިން ބުނީ ލިންގެ ފުރާނަ ސަލާމަތް ކުރެވުނީ އުއްމީދު ކަނޑާނުލާ ޕެރަމެޑިކުންނާއި ނަރުހުން އަދި ޑޮކްޓަރުން ކުރި ބުރަ މަސައްކަތުން ކަމަށާއި އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.

ލިންއަށް ފަރުވާ ދޭން ފެށިއިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށް އާއިލާގެ ބައެއް މެންބަރުން ތިބީ ގަބޫލު ކޮށްގެންނެވެ.

ލިންގެ ފުރާނަ އާދަޔާއި ހިލާފު ގޮތަކަށް ސަލާމަތް ވުމުން ވަރަށް ގިނަ ބަޔަކު އަންނަނީ ޑޮކްޓަރުންގެ މަސައްކަތް ފާހަގަކޮށް ޑޮކްޓަރުންނަށް މަރުޙަބާ ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙަގީގަތް

  ޑަކުޓަރުންނައް ކޮންކަމެތައްކުރެވޭނީ ހިތްހުއްޓުނީމާ އެހިސާބުންއެކަންނިމުނީ ހުރިހާވެސްބާރަކީ ﷲހުގެބާރު ފުރާނައެހަށިގަނޑަރައްދުކުރުވީ އެފުރާނައިގެވެރި ﷲހުސުބުހާނަހޫވަތައާލާ މިއީހަގީގަތް

  20
 2. ނޫނު

  ޑަކުޓަރުންގެ އިހުލާސް ތެރިކަމުގެ ނަމޫނާއެއް.

  3
  6
 3. ޕީޖޭ

  ﷲ ސވއ އަށް ޝުކުރުވެރިވުން ޙައްޤުކަން ބޮޑީ.. ފުރާނަ ދެއްވަނީ އަދި ގެންދަވަނީވެސް އެކަލާންގެ..އެއަށްފަހު އިންސާނުންނަށް ޝުކުރުވެރިވާނީ..