އަވަށްޓެރި އިންޑިޔާގެ ރޭލްވޭ ސްޓޭޝަންތަކުގައި ސެލްފީ ނެގުމުގެ ތެރޭގައި ނުރައްކާތެރި ޙާދިސާތައް ހިނގާފައިވެއެވެ. އެހެންނަމަވެސް، މިއީ ކިތަންމެ ނުރައްކާތެރި ކަމަކަށް ވިޔަސް، ދަތުރަކަށް ފެށުމުގެ ކުރިން ހަނދާނަކަށްޓަކައި ސެލްފީ ނެގުމުގެ އާދައަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

މި ސަބަބަށްޓަކައި، އިންޑިޔާގެ ބައެއް ރޭލު ސްޓޭޝަންތަކުގައި ސެލްފީ ނެގުމަށް ޚާއްޞަ ޕޮއިންޓުތަކެއް ހެދުމަށް، އެޤައުމުގެ ކަމާބެހޭ ފަރާތުންވަނީ ނިންމާފައެވެ.

"ޓައިމްސް އޮފް އިންޑިޔާ" އިން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިފަދަ ޕޮއިންޓްތައް ޤާއިމުކުރުމަށް ނިންމާފައިވަނީ 70 ސްޓޭޝަނެއްގައެވެ. އެހެންނަމަވެސް، ފަހުން، މިކަން ފުޅާކޮށް އޭ އަދި އޭ1 ކެޓަގަރީގެ ހުރިހާ ސްޓޭޝަނެއްގައި މިފަދަ ޕޮއިންޓްތައް ޤާއިމްކުރުމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން، ބައެއް ސްޓޭޝަންތަކުގައި ބައްދަލުވުންތައް ބާއްވާނެ ތަންތަން ޤާއިމުކޮށް، އިތުރަށް ކަންކަން ހަރުދަނާކުރުމަށްވަނީ ނިންމާފައެވެ.

މިކަމުގެ ސަބަބުން، ރޭލު ސްޓޭޝަންތަކުގައި ސެލްފީ ނަގަނިކޮށް ހިނގާ ނުރައްކާތެރި ޙާދިސާތައް މަދުކުރެވޭނެކަމަށް ޤަބޫލުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު