އާންމުކޮށް މަސައްކަތް ކުރަނީ ބުރަކޮށެވެ. ހާއްސަކޮށް އަހަރު ދުވަހު މަސައްކަތް ކުރާ އިރު، ގިނަ ފަހަރު މި ލެބެނީ އެއް މަސް ދުވަހުގެ ޗުއްޓީއެކެވެ. އެކަމަކު އޮސްޓްރޭލިއާގެ މި ކުންފުނީގެ ކަންކަން ތަފާތެވެ. އެގައުމުގެ އާންޓް އެންޑް ޔަންގް އޯޝެނިއާ ކުންފުނިން އަލަށް ތައާރަފް މި ކުރަނީ ތިން މަސް ދުވަހުގެ އަހަރީ ޗުއްޓީއެކެވެ.

އެ ކުންފުނިން ބުނެފައި ވަނީ މަސައްކަތް ކުރުމަށް ވީހާވެސް ފަސޭހަ މާހައުލެއް ގާއިމް ކުރަނީ އެންމެ ރަނގަޅު މީހުން ވަޒީފާއަށް ހޯދުމަށްޓަކައި ކަމަށެވެ. އެހެންމެ، އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި، ވަޒީފާއިން ބޭރުގައި ހޭދަކުރާ ވަގުތުތަކުގައި، އެ ހޯދާ ތަޖުރިބާއަކީ ބޭކާރު ތަޖުރިބާއަކަށް ނުވާނެއެވެ. އެއީ ކުންފުނީގެ އުފެއްދުންތެރިކަމަށް މުހިއްމު ތަޖުރިބާއެކެވެ.

އެ ކުންފުނިން މައުލޫމާތު ދީފައިވާ ގޮތުގައި، މަސައްކަތް ކުރާ މީހާ ބޭނުންވާ ގޮތަކަށް، ލީވް ހަމަޖެއްސޭނެއެވެ. ތިިން މަހުގެ ޗުއްޓީ އެއްކޮށްވެސް ނެގިދާނެއެވެ. ކުންފުނިން ބުނެފައި ވަނީ ސައިންސް ދައްކާ ގޮތުންވެސް، އެފަދަ ޗުއްޓީއެއް ނެގުމުންވާނީ ފައިދާއެވެ. އަނބުރާ އަންނަ އިރު، މީހާ ފްރެޝްކޮށް ހުރުމާއެކު، މީހާ ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެކަމުން އެހީވެސް ވެދެއެވެ.

ކިޔުންތެރިންގެ ހިޔާލު