ކެލިފޯނިއާގެ ފްރެސްނޯގެ އެލިމެންޓަރީ ސްކޫލެއްގައި ކިޔަވަމުންދިޔަ ކުއްޖެއްގެ ހެއާސްޓައިލެއްގެ ސަބަބުން ކިޔަވައިދޭން އައި ޓީޗަރަށް ކިޔަވައިދޭން އުނދަގޫވުމުގެ ސަބަބުން ސްކޫލުން ގެޔަށް ފޮނުވާލައިފިއެވެ.

އުމުރުން އެންމެ 8 އަހަރުގެ ލޭލާ ސައިސަކްނޮއި ނަމަކަށް ކިޔާ އެ ކުޑަ ކުއްޖާ ސްކޫލުން ގެޔަށް ފޮނުވާލެވުނު އިރު އެ ކުއްޖާގެ މަންމަ ވަނީ ދުވަހަކުވެސް އެ ކުއްޖާގެ ސްކޫލުން އެފަދަ މައްސަލައެއް އޭގެ ކުރިން ކުރިމަތިވެފައިނުވާކަމަށް ބުނެ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ބަޒްކަޓް ސްޓައިލްއަށް އިސްތަށިގަނޑު ކޮށާފައި ހުރި ލޭލާގެ ހެއާސްޓައިލްގެ ސަބަބުން ކިޔަވައިދޭން އައި ޓީޗަރަށް ކިޔަވައިދޭން އުނދަގޫވިނަމަވެސް އެއީ ޕްރީސްކޫލްއިން ފެށިގެންވެސް ލޭލާ ބޭނުންކުރަމުން އައި ހެއާސްޓައިލެއްކަމުގައި އޭނާގެ މަންމަ ވަނީ ކިޔައިދީފައެވެ.

ލޭލާ އެ ހެއާސްޓައިލް ބޭނުންކުރަންފެށީ އެމެރިކާގައި ހިނގައިދިޔަ އެންމެ ނުރައްކާތެރި އެއް ބަޑީގެ ހަމަލާކަމުގައިވާ ސޭންޑީ ހުކް އެލިމެންޓަރީ ސްކޫލަށް ދިން ހަމަލާއަށްފަހު އެ ހަމަލާގައި މަރުވި މީހުންނަށް ހާއްސަކޮށްގެން ނެރުނު މިއުޒިކް ވިޑިއޯއެއްގައި ފެނިގެންދިޔަ އެހެން ކުޑަ ކުއްޖެއްގެ ހެއާސްޓައިލް ފެނުމުން ކަމުގޮސްގެންނެވެ.

ގްރޭޑް 3 ގައި ކިޔަވަމުންދާ ލޭލާއާއި ދޭތެރޭ ކަންތައް ކުރެވެމުން އެ ދަނީ އިންސާފެއް ނެތް ފަދަ ގޮތަކަށްކަމަށް ލޭލާގެ މަންމަ ޓާރާ ކިޔައިދިންއިރު ލޭލާ ވަނީ އޭގެ ދުވަސްކޮޅެއް ކުރިން ސްކޫލުގައި ފިރިހެން ޓީޗަރަކު ލޭލާގެ އަތުގައި ހިފައި ވަރަށް ބާރަށް ދަމައިގަތްކަމަށް ކިޔައިދީ ލޭލާ އެހިސާބުން އެ ޓީޗަރު ދެކެ ބިރު ގަންނަކަމަށްވެސް ކިޔައިދީފައެވެ.

ޓާރާ ވަނީ އެ މައްސަލައިގެ ސަބަބުން ލޭލާއާއި ދޭތެރޭ އިންސާފެއް ނެތް ގޮތަށް ސްކޫލުން އަމަލުކުރަމުންދާކަމަށް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މިއޮތީ ތިމާގެދަރި ތިމާއަށް ދޮންފުތު ވެފައި.