ދުނިޔެވެސް ހިމެނޭ މިލްކީވޭ (ގެލެކްސީ)ގައި އެކުލެވޭ އެންމެ ބޮޑު ގުރަހަ ކަމަށްވާ ޖުޕިޓާގައި އުފެދިފައިވާ ބާރުގަދަ ދެ ތޫފާނުގެ ބާރު ދަށްވެ ތޫފާންތަށް ނެތެން ފަށައިފި ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ދާދި ފަހުން ޖުޕިޓާގައި އުފެދިފައިވާ ތޫފާންތަކުގެ އައު ފޮޓޯ ތަކެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ވަނީ އާންމު ކޮއްފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ގަޑިއަކު 500 ކިލޯ މީޑަރުގެ ބާރުމިނުގައި ދަތުރު ކުރާ މި ބިޔަ ތޫފާންތަށް ނެތެން ފަށައިފައި ވީ ނަމަ ވެސް މި ތޫފާންތަށް އެކޮށް ނެތި ދިޔުމަށް އެތަށް ހާސް އަހަރު ތަކެއް ނަގައިފާނެއެވެ.

ސައިންވެރިން ދަނީ މި ތޫފާންތަށް އިތުރުރަށް ދިރާސާ ކުރުމަށް ތައްޔާރުވަމުންނެވެ. މިއީ ދުނިޔޭގައި އުފެދޭ ތޫފާންތަކަށް ވުރެން އެތަށް ސަތޭކަ ގުނަ ބޮޑު ތޫފާންތަކެކެވެ.

ނާސާއިން މީގެ ހަ އަހަރު ކުރިން ޖުޕިޓާ ދިރާސާ ކުރަން ފޮނުވި ޖައްވީ އުޅަދު ޖޫނޯ އިން ވަނީ ޖުޕިޓާގެ މަތީ ފަށަލައިގައި އާދަޔާ ހިލާފު ބާރުގަދަ ތޫފާން ތަކެއް އުފެދިފައިވާ މަންޒަރު ފެންނަ ފޮޓޯ ތަކެެއް ކުރިއަށް ވުރެން ކައިރިން ނަގާފައެވެ.

މި ފޮޓޯތައް ބޮޑަށް ވައްތައްރީ ވެލީގެ ތޫފާނުގެ ފޮޓޯ ތަކަކާއިއެވެ. ޖުޕިޓާ ވަށާ ދަތުރުކުރަމުން ނާސާގެ ޖޫނޯ އުޅަދުން މި ފޮޓޯތަށް ނަގާފައިވަނީ މި މަހު ކުރީކޮޅުއެވެ.

ޖުޕިޓާއަކީ އިރަވީ ނިޒާމުގައި އިރުން ފެށިގެން ފަސް ވަނައަށް އޮންނަ ގުރަހައެވެ. ޖުޕިޓާއަކީ އިރަވީ ނިޒާމުގެ ބޭރަށް އޮންނަ ހަތަރު ގުރަހައެކޭ އެއްފަދައިން ގޭހުގެ މައްޗަށް ބިނާވެގެންވާ، ހަރު ބިމެއް ނޯންނަ ގުރަހައެކެވެ. ޖުޕިޓާ ވަށާ ބުރުޖަހާ 67 ހަނދު ވެ އެވެ.

ޖުޕިޓާގެ ދިރާސާތައް ކުރުމަށްޓަކައި ޖޫނޯ ނަމަކަށް ކިޔާ ސެޓަލައިޓެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ފޮނުވީ 2015 ވަނަ އަހަރުއެވެ. ނާސާގެ ޖޫނޯ އުޅަދު 1.7 ބިލިއަން މޭލުގެ ދަތުރަކަށް ފަހު ޖުޕިޓާގެ އޯބިޓަށް ވަނީ 2016 ވަނަ އަހަރުއެވެ.

ޖޫނޯގައި މައުލޫމާތު އެއްކުރާ ހަތް އިންސްޓޫމެންޓެއް ހިމެނޭނެ އެވެ. މި އިންސްޓްރޫމެންޓްތަކުން ހޯދާ ބަލާ މައުލޫމާތުތަކުގެ ތެރޭގައި ޖުޕިޓާ އުފެދުނު ގޮތާއި އޭގެ ސްޓްރަކްޗަރާއި ވައިގެ ފަށަލަ އަދި ޖުޕިޓާގެ ބިމަށް ދަމާ ބާރު ނުވަތަ މެގްނެޓޮސްފިއާ ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު