މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގް ކައިވެނިކޮށްފިއެވެ.

ރިޝްމީއާއި ރަވީ ކައިވެނި ކުރި އިރު، އެ ދެމީހުންނަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑެވެ. އެ ދެމީހުންގެ ކައިވެނި ހަފްލާ މިއަދު ހަވީރު ވަނީ ބާއްވާފައެވެ.

ރިޝްމީ މީގެ ކުރިން ފިލްމީ ތަރި އަހުމަދު އަޒްމީލާއާ ކައިވެނިކޮށް، އެ ކައިވެންޏަށް ދަރިއަކު ލިބިފައިވެއެވެ. އަދި ރަވީ ވަނީ ކުރިން ލަވަކިޔުންތެރިޔާ ލަހްފާ ފާއިޒްއާވެސް ކައިވެނިކުރައްވާފައެވެ. އަދި އޭގެ ފަހުން ކުރި ކައިވެންޏަށް ރަވީއަށްވެސް ދަރިއަކު ލިބިފައެވެ.

"ޔާރާ" ޕްރޮޑަކްޝަންގެ ލަވަތަކުން ރިޝްމީ ފިލްމީ ދާއިރާއަށް މަޝްހޫރުވެގެން އައި އިރު، އޭނާއާއި ރަވީގެ ލޯބީގެ ވާހަކައަކީ އަބަދުވެސް މަޝްހޫރު ވާހަކައެކެވެ. އެ ދެމީހުން އެކުގައި ގިނަ ފިލްމްތަކަކުންވެސް ފެނިފައިވާ އިރު، ލަވަތަކުން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ. ރަވީއަކީ ފިލްމް ސްޓާރެއްގެ އިތުރުން މަޝްހޫރު ކޮރިއޮގްރަފަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލޮލް

    ކިހާ ދުވަހެއް ވާނެބާ؟

    50
    5
  2. އަލްޖިބްރާ

    ތިޔަ ކައިވެންޏެއްވެސް މާގިނަދުވަހަކު ދެމިއެއް ނޯންނާނެ !

    42
    15
  3. ކަބަޫ

    މަރުހަބާ 2 ކުދިންނަށް

    45
    9
  4. ރައްޔިތުމީހާ

    ދެން މަށަށް ކޮންކަމެއް އެ ދެމީހުން ކައިވެނި ކުރީއާ؟

    56
    7
  5. އަސްލު ހިޔާލު

    ބާ އޮޑިއެއް ގައި ކިތަންމެ ވަރެއް ކުރިޔަސް އާއިންޖީނެއް އެޅުމުގެ ބޭނުމެއްނެތް.
    އަޑީ ތެޔޮ ކިތަން މެ ވަރަކަށް ބަދަލު ކުރިޔަސް ސްޕީޑު ދެން ދާނީ ދަށަށް އެހެންނުން ތޯ؟

    49
    25
  6. ަގޮފުޅު

    ދެން ހިނގާ އެންމެން އައިޖަހާފަ ނަޝަމާދޯ!! ތީ ވަރަށް މީހުން ކިޔާހިތްވާނެ ޚަބަރެއް!!!??

    25
    13
  7. ޟޮދހދ

    ހޫ ކެއަރސް..މިއަދުވެސް ކިތަށް ކައިވެނި ކޮށްފަ ވާނެ...

    45
    5
    • ހޮކޭ

      ކެއާ ނޫނިއްޔާ ތިކޮމެންޓް ކުރަނީ ކީއްވެ؟ ކެއާ ކުރާ ކަންކަމާ އުޅުނިއްޔާ މާ ތާހިރުވާނެ.

      24
      20